ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމް އޮތީ ކުރިންވެސް މިހާރުވެސް ފެއިލްވެފައި: އަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރްސީއެމް އޮތީ ކުރިންވެސް މިހާރުވެސް ފެއިލްވެފައިކަމަށް އެމްއާރްއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވެއްޖެއެވެ.

އަލީމް މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އަލީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ހައްޔަރު ކުރުމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ އިތުރުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރު ކުރުމުގައި ހިނގި ކަންކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

އޭގެ ތެރޭގައި ނަދީމްއަށް ސާފު ބޯފެން ނުލިބުމާއި ފާރިސް އުސޫލުން ބޭރުން ގޮޅިން ނެރެ ސުވާލު ކުރަން އުޅުމުގެ ތެރޭގައި އަނިޔާވުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ހުށަހެޅި ޝަކުވާތަކުގެ ޖަވާބު އަދި އަދަށްވެސް ނުލިބޭ. އެހެންވީމަ ވަށްގަނޑަށް މައްސަލަތައް ލައިގެން ތިބެފައި ކުރިން ނުކުރި މަސައްކަތެއް މިއަދު ކުރާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަންވީތޯ. މަޖިލީހުގައި ތިބި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ އޭރު އެބޭފުޅުންގެ އަމަލުތައް ހުރި ގޮތް. އެޗްއާރްސީއެމްއަށް އާއްމުންެގ އިތުބާރެއް ނެތް“

ޚަބަރަށް ފަހު ޕްރޮގްރާމްގައި، އަލީމްވަނީ އެމްއާރްއެމްއަށް އަމާޒުވާ ބައެއް ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން އެމްއާރްއެމްގެ މަސައްކަތް ލަސްކަމަށް ބުނާތީ، އަލީމް ވިދާޅުވީ އެމްއާރްއެމް ކުރިއަށް ދަނީ އެ ޕާޓީގެ އަސާސްތަކާއި އެއްގޮތަށް ކަމަށެވެ. އަިދ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް މިހާރު މަސައްކަތް ކުރަމުންދާކަން އަލީމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: