ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ، 1 ގެ މައްސަލައިގައި ހުކުމް އައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އޮތީ ”އިންސާފު މެކުހަށް ޖެހުން“!

އަބްދުﷲ ސައީދުގެ އެއް އަހަރާއި ހަތް މަހުގެ ހުކުމް ތަންފީޒުކުރަން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު ހަމަވުމާއެކު ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ހުކުމް، ތަންފީޒު ކުރަން ފަށާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަންގައިފި އެވެ.

ެކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ސިއްސުވާލި 1، ފެބްރުއަރީގެ އަމުރާއި ގުޅިގެން ކުރީގެ ސަރުކަރުން އަބްދުﷲ ސައީދުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ސާބިތުވާކަމަށް ހުކުމް ކުރީ ތިން ދައުވާއެކެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ޖަލު ހުކުމެއް އޮތަސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ. ސައީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އިމާދު ލަތީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނަގެ ދެ ހުކުމެއްގެ މުއްދަތު ހަމަވެފައިވީ ބުރާސްފަތި ދުވަހަށް ކަމަށެވެ. އެހެން ނަމަވެސް ކުއްލިގޮތަކަށް ކަރެކްޝަންސްގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް ތަންފީޒު ކުރަން ފަށާފައިވާ ކަމާއި، އެ ހުކުމުގެ މުއްދަތަކީ އެއް އަހަރާއި ހަތް މަސް ކަމަށް އަންގާފައިވާ ކަމަށެވެ.

”އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު މިއަދު ހަމަވުމާއެކު ކަރެކްޝަނުގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް ފެށުނީ ކަމާއި އަދި އެއްއަހަރާއި ހަތްމަސް ބާކީ އެބައޮތްކަން އަންގާފައި ހިނގައްޖެ. އަދުލު އިންސާފު މެކުހަށް.“ އިމާދުގެ ޓްވީޓުގައި ބުނެފައިވެއެވެ.

https://twitter.com/ImadLatheef/status/1205075078720811008

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެ ތިން ބޭފުޅުންނަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ފޯނު ނުދިން މައްސަލައިގައި މައުމޫނާއި އަލީ ހަމީދުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް، އަބްދުﷲ ސައީދުގެ މައްސަލަ ހައި ކޯޓުން އަދި ނުނިންމަ އެވެ.

ފޯނު ނުދިން މައްސަލައިގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ ދެ ބޭފުޅުންނަށް އިއްވީ އެއް އަހަރާއި ހަތް މަސް ދުވަހުގެ ހުކުމެކެވެ.

އެއް އަހަރާއި ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަން އަބްދުﷲ ސައީދަށް އެނގިއިރު އޭނާއާއި އެކު އެއް އަހަރާއި ހަތް މަސް ދުވަހަށް ހުކުމްކުރި، އަލީ ހަމީދު ވަނީ ދާދި ފަހުން މިނިވަންވެފައެވެ. މި ސަރުކާރު އައުމަށްފަހު އަލީ ހަމީދު ވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުންނެވީ ގޭ ބަންދުގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: