ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ކަމުގައިވާ ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މާރިޗު މަހުގެ 1 އިން 7 އަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ކޯޓުގައެވެ.
ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
މި މުބާރާތައް މި އަހަރު ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން ވަނީ 112 ޓީމަކުން ބައިވެރިވެފައެވެ.
މި މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:
އަންހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސްވިޝް
- 10 އަހަރުން ދަށް: ބްލޫ ޕެންތަރސް
- 12 އަހަރުން ދަށް: ވޮރިއަރސް
- 14 އަހަރުން ދަށް: ދި ލޭކަރސް
- 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
- 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
ފިރިހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސުޕަ ސްޓްރައިކަރސް
- 10 އަހަރުން ދަށް: ހޮޓްވީލަރސް
- 12 އަހަރުން ދަށް: ސިލްވަރ ބްލޭޒަރ
- 14 އަހަރުން ދަށް: އަރޗަރސް ބީސީ
- 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް
- 18 އަހަރުން ދަށް: ލޭޒަރ
އަންހެން ޑިވިޝަން
- އަންހެން އޯޕަން: ސެސަމޭ
- ޕޭރަންޓްސް: އަންރޭންކްޑް
ފިރިހެން ޑިވިޝަން
- ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗަރސް
- ފިރިހެން ޑިވިޝަން 2: ލައްޓި
- ޕޭރަންޓްސް: ބޯލް ބަޑީސް
ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

