ވެކްސިން ޖެހުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ.މުހައްމަދު އަލީ މިހެން ވިދާޅުވެފައި ވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވައި، ޓްވީޓެއް ކުރެއްވުމުންނެވެ.
އެކަމާ ގުޅިގެން ޑރ.މުހައްމަދު އަލީ ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ސްކޫލަށް ވެއްދުމަކީ އާންމުންނަށް ހުރި ނުރައްކަލެއް ކަމަށާއި އަދި ވެކްސިން ޖެހުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.
”މިކަން ބަލާ، އެކަން ހުއްޓުވުމަކީ ތިޔަ ބޭފުޅުންގެ ޒިންމާއެއް“ ރައީސް ސޯލިހާއި، އެޗްޕީއޭ އަދި ފުލުހުންނަށް ޓެގް ކުރައްވާ މުހައްމަދު އަލީ ވިދާޅުވި އެވެ.
https://twitter.com/Moxamedalu/status/1216210237151039490?
އައްޑޫގައި މިފަދަ ސްކޫލެއް ހުރިކަން ޑރ.ފައިސަލް މިކަން ހާމަކޮށްފައިވަނީ އަހަރުތަކަކަށްފަހު ރާއްޖެ އިން ހިމަބިހި އަނެއްކާވެސް ފެނިފައިވާއިރު، މިފަދަ ހާލަތެއްގައި ސްކޫލްތައް ހުޅުވުމަކީ ރައްކާތެރި ކަމެއްތޯ މީހަކު މީސްމީޑިޔާގައި ސުވާލު ކުރުމުންނެވެ.
އެގޮތުން ޑރ.ފައިސަލް ވިދާޅުވީ ސުކޫލަށް ވައްދަނީ ވެކްސިން ޖަހާ ހަމަކޮށްފައި ކަމަށާއި ވެކްސިން ޖަހާފައި ތިބި ކުދިންނަށް މީގެ ނުރައްކަލެއް އަދި އެކުދީންގެ ސަބަބުން އެހެން މީހުންނަށް ވެސް މީގެ ނުރައްކަލެއް ނެތް ކަމަށެވެ.

