މާލޭ ސިޓީގައި ފިތުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި މައިދާންތައް އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ. އަދި މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ނިންމާފައިވާ މައިދާންތައްވެސްވަނީ އާއްމުކޮށްފައެވެ.
އެ ގޮތުން، މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ނިންމާފައިވަނީ މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދުލް ޙަސަން އާދަމާއި، ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ.
މީގެ އިތުރުން، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ޖުމުލަ 25 މިސްކިތެއްގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން އާންމުކޮށްފައިވާ ލިސްޓުގައި ވާގޮތުން މާލޭގެ އެކަނި ވެސް 17 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޔޫސުފުލް ބަރުބަރީ
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މާފަންނު އާ މިސްކިތް
މީގެ އިތުރުން، ވިލިމާލޭގެ މަސްޖިދުއް ސަލާމުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގެ ހަތް މިސްކިތެއްގައި ޢީދު ނަމާދުކުރަން ވަނީ ހަމަޖެހިފައެވެ. ޢީދު ނަމާދުކުރަން ފަށާ ގަޑިއަކީ ހެނދުނު 7:00

