ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. ފައިނު ގިރާ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ކަންބޮޑުވުން!

ރ. ފައިނު ގިރަމުންދަނީ ---- ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފައިނު ވަށައިގެން ގިރަމުން ދާތީ، ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. 

ފައިނަކީ، ގުދުރަތީ ގޮތުން މުއްސަނދިކަން ލިބިފައިވާ ރަށެކެވެ. ދޮންވެލި ރީތި ގޮނޑުދޮށަކާއި ހޭޅި އެއް ލިބިފައިވާ ރ. ފައިނަކީ ގަސްގިނަ ފެރި ރަށެކެވެ. ރަށުގެ ހޭޅިފަށުގައި އެތައް އަހަރެއްވީ ގަސްތައް އެބަހުއްޓެވެ. ރައްޔިތުންގެ އެންމެ ބޮދު ކަންބޮދުވުމަކީ މި ގަސްތައް ގެއްލިގެންދިއުމެވެ.

ރަށްގިރުމުގެ މައްސަލައަކީ މީގެ ކުރިންވެސް އެރަށަށް ވަރަށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން، 2016 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން އެރަށުގެ އެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިއެވެ. އެއާއެކު ދެ އަހަރަށްވުރެ ގިނަ ދުވަހަށް ގިރުމުގެ މައްސަލަ ހައްލުވިއެވެ.

ނަމަވެސް، 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެސިގެން އަނެއްކާވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާން ފެށިއެވެ. މިހާރު އެ މައްސަލަ ބޮޑުވެ ހޭޅިފަށުން 200 އަށްވުރެ ގިނަ ގަސް ވެއްޓިފައިޥަ ކަމަށް މައުލޫމާތުދެއެވެ.

ފައިނު ކައުންސިލުން ވަނީ މިކަންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު، ރަށްގިރުމުގެ ކަންތައް ފާހަގަވާން ފެށުމާއެކު ކައުންސިލުން ވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް އެކަންތައް ގެނެސްފައެވެ. އޭގެ ފަހުން ރައީސް އޮފީހަށް ސިޓީ ފޮނުވައިގެންވެސް އެކަމަށް ހައްލު ހޯދަން ކައުންސިލުން ވަނީ މަސައްކަތް ކޮށްފައެވެ.

އެރަށުގައ ގިރަމުންދާ ވެލިތައް ވޮޑެމުންދަނީ އެރަށުގެ ހުޅަނގުފަރާތު ތުނޑިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: