ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރަދޫ އިން ވެކްސިން ޖެހިކަން އަނގައިދޭ ތައްގަނޑު ވަގަށް ނަގައިފި!

ފޮޓޯ: މީސް މިޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑު އަތޮޅު މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑަކާއި، އެކަމާގުޅޭ މުހިންމު ލިޔެކިއުންތަކެއްގެ އިތުރުން ސީޕީޔޫއެއް ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން ނަގާފައިވާ ލިއެކިއުންތަކަކީ ވެކްސިން ދިންކަން އަންގައިދޭ މުހިންމު ލިޔެކިއުންތަކެކެވެ. ފުލުހުން ވަނީ ދަމަނަވެށިން ވައްކަން ކޮށްފައިވާ ކަން ”ސަންގު“ އަށް ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، އެތަނުން  ވަގަށް ނަގާފައިވަނީ  ކޮން ތަކެއްޗެއް ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މިކަން ހިނގާފައި  މިވަނީ ވެކްސިން ނުޖެހިޔަސް ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. ފައިސަލްއަކީ ހިމަބިހި ރާއްޖެއިން ފެނުނުކަން ސަމާލުކަމަށް ގެނައި އެކަކެވެ. އޭނާ ދަނީ ހިމަބިއްސާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް މީސް މީޑިއާ ޕްލެޓްފޯމްތަކުގައި މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ހިމަބިހި(Measles) ނުވަތަ ހިމަ ބިއްސަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް(Measles) ގެ ސަބަބުންނެވެ.

އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.

ހިމަބިހި ޖެހެނީ ”މީސްލްސް ވައިރަސް“(Measles) ގެ ސަބަބުންނެވެ. މިއީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ ”މޯބިލިވައިރަސް“(Morbillivirus) ގެ ވައްތަރެކެވެ. މިއީ އާރުއެންއޭ ވައިރަސް އެކެވެ.

އިންސާނުންގެ ހަށިގަނޑަކީ މިވައިރަސް ގެ ނަސްލު ދަމަހައްޓުމަށް ހިޔާވަހިކަން ހޯދާ ހިޔާވެއްސެވެ. އެއްވެސް އެހެން ދިރޭއެއްޗެއްގައި މިވައިރަސް ރިޒާވަރެއްގެ ގޮތުން ހުންނަކަން ހޯދިފައެއް ނުވެއެވެ. ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތު (Infectious period)އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: