ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގްވާމީ ފެންވަރުގެ ރޭސިންގް ޓްރެކެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފަށަނީ

image: the presidents office
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާ ގުޅިފައިވާ ހަލިމަގުގެ ބޭރުން ބައިނަލްއަގްވާމީ ފެންވަރުގެ ރޭސިންގް ޓްރެކެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފެށުމަށް ވަނީ ނިންމާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ”ސަންގުޓީވީ“ އިން އިންތިޒާމުކޮށްގެން ބޭއްވި ”އެސްޕްރެސޯ ވިތު ރައީސް“ ހަފްލާގައެވެ.

މި މަޝްރޫއަކީ ރޭސިން އާއި ޑްރިފްޓިން އަށް ލޯބިކުރާ ޒުވާނުންނަށް ހާއްސަކޮށްގެން، ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ތަރައްގީކުރާ ތަނެކެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ޓްރެކް ހަދާނީ ހަލިމަގުގެ ބޭރުން ތޮއްޓެއްލައި، އެ ސަރަހައްދު ރައްކާތެރިކޮށް ބިން ހިއްކައިގެންނެވެ. މި ސަރަހައްދަށް ”ހުޅުމާލެއަށް ދާ ހައިވޭ“ ގެ ނަމުން މުޚާތަބު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބިޔަ މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އަމަލީ ގޮތުން ކުރިއަށް ގެންދާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. އެމްއޭސީއެލްގެ ވަސީލަތްތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން، ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިއީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގައުމީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މިހާރު ރާއްޖޭގެ ރޭސިންގް އަދި ޑްރިފްޓިންގް ކޮމިއުނިޓީން މި ހަރަކާތްތައް ހިންގަނީ ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މަގުތަކުގައެވެ. މީގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، ކުޅިވަރު ކުޅޭ ފަރާތްތަކަށް ވެސް އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ނުލިބެއެވެ. ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެކެއް ގާއިމުވުމުން، ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ރައްކާތެރި އަދި ފަންނީ މާހައުލެއް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ ކުޅިވަރުގެ އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެކެވެ. ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހުޅުވި، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މީގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެއެވެ. ކުރިއަށް އޮތް ހަފްތާގައި ބިން ހިއްކުމުގެ މަސައްކަތް ފެށުމަކީ މި އުންމީދީ މަޝްރޫއުގެ ފެށުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: