ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހާގެ އަދަބަކީ ”މެރުން“ – ޑރ. އިޔާޒް

ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާ މީހާގެ އަދަބަކީ ”މަރު“ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހާގެ އަދަބަކީ ކޮބައިތޯ؟ ”ސަންގު“ އިން ސުވާލުކުރުމުން، ޑރ. އިޔާޒް ވިދާޅުވީ، ”އެމީހުނަކީ ބިންމަތީ ފަސާދަކުރާ މީހުން ކަމަށާއި އެމީހުންގެ އަދަބަކީ މެރުން“ ކަމަށެވެ.

ބިމުގައި ފަސާދަ ކުރާ މީހުންނަށް ގަދަފަދަވެގެންވާ ޢުގޫބާތް ދިނުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވެއެވެ. ސޫރަތުލް މާއިދާގެ 33 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. (إِنَّمَا جَزَاءُ الَّذِيْنَ يُحَارِبُوْنَ اللهَ وَرَسُوْلَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُّقَتَّلُوْا أَوْ يُصَلَّبُوْا أَوْ تُقَطَّعَ أَيْدِيْهِمْ وَأَرْجُلُهُمْ مِّنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيْمٌ) މާނައަކީ: ”މާތް ﷲ އާއި، އެކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަކޮށް އުޅޭމީހުންނާއި، ފަސާދަކުރުމުގެ ގޮތުން ބިމުގައި މަސައްކަތްކޮށް އުޅޭމީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ، އެބައިމީހުން ގަތުލުކުރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާގޮތުގައި، އެބައިމީހުންގެ އަތްތަކާއި ފައިތައް ބުރިކުރުމެވެ(ކަނާއަތާއި ވައަތުފައި ބުރިކުރުން). ނުވަތަ ރަށުން އަރުވާލުމެވެ. އެހެނީ، އެބައިމީހުންނަށް ދުނިޔޭގައިވެސް ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ“.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބިމުގައިފަސާދަކުރުމުގެ ތެރެއަށް ވަންނާނެ ކަމެކެވެ. އަދިކިއެއްތަ، އެއީ އެންމެ ބޮޑު ފަސާދައެވެ.

ކުޑަކުދިންނަށް ޖިންސީގޮތުން ގޯނާ ކުރުމުގެ ސަބަބުން އެކުދިންނަށް އަޚްލާގީ އަދި ޖިސްމާނީ ގޮތުން ތަފާތު ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެބަލިތަކުން ފަސޭހަވުމަށް އުދަގޫވެ، އެކުދިންގެ މުޅި ޢުމުރުގައި އެކަން ތަޙައްމުލުކުރަން ޖެހިދެއެވެ. އޭގެ ސަބަބުން އެކުއްޖާއާއި މުޖްތަމަޢަށް ނޭދެވޭ އަޘަރުތަކެއް ކުރެއެވެ.

ކުރިން ބަޔާން ކުރެވުނު ފަދައިން، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމުން އެފަދަ ކަންތައް ކުރާމީހުންނަށް ބިމުގައި ފަސާދަކުރާ މީހެއްގެ ޢުގޫބާތް ދެވެން ޖެހޭނެއެވެ. ނަމަވެސް މި ޢުޤޫބާތްތައް ކަނޑައަޅާނީ ކަމާބެހޭ ފަރާތުންނެވެ. ނުވަތަ ޤާޟީމެދުވެރިކޮށް ޝަރީޢަތުންނެވެ. والله أعلم

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިސްލާމީ ޝަރިއަތަށް ސާބިތުވާ ވަރަށް ހެކި ހޯދިއްޖެކަމަށްވާނަ ހާކިމާ ނިންމާނީ އިޔާޒު އެއްނޫން..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: