އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލު ކުރައްވައި، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލު ކޮށްފިއެވެ.
އާދަމް އާޒިމް އަދި ޝާހުގެ މަގާމަށް ބަދަލު ގެނެސްފައިވާކަން ރައީސް އޮފީހުގެ ފަރާތުން ވަނީ ”ސަންގު“ އަށް ކަޝްވަރު ކޮށްދީފައެވެ.
ކުރީގެ ރައީސް ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މ. ސީނު ކަރަންކާގޭ އާދަމް އާޒިމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ދެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމަށް ޝާހު އައްޔަންކުރައްވާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ގައެވެ.
ޝާހު އާއި އާޒިމް އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުންނެވެ.

