ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލީގައި ތަޢުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ ސްކޫލުގައި އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫޢުގެ ދަށުން މުލީގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި، އޭވީ ރޫމެއްގެ އިތުރުން ހެލްތް ރޫމެއް ހިމެނޭނެއެވެ. ޖުމްލަ 18.80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މ. އަތޮޅުގެ ވެރިކަން ކުރާ ރަށް، މުލީގައި ހުންނަ މި ސްކޫލަކީ އަތޮޅުގެ އެހެން ރަށްރަށުގެ ދަރިވަރުންވެސް ތަޢުލީމު ހާސިލުކުރުމަށް އަންނަ މުހިންމު މަރުކަޒެކެވެ. މިހާރުވެސް 240 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ މި ސްކޫލަށް އައު އިމާރާތެއް އިތުރުވުމަކީ، ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ކިޔަވައިދިނުމުގެ މާހައުލު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި މަޝްރޫޢު ހަވާލުކުރެވުނު އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ އަދި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: