ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި!

ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން: ފޮޓޯ ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، އެއާޕޯޓުގެ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ދަރަވަންދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ދަރަވަންދޫ އެއާޕޯޓް ހިންގުން ރަސްމީކޮށް ވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) އާ ޙަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.

މި މަޝްރޫޢުގެ ދަށުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ޖުމްލަ 814 އަކަމީޓަރުގެ ސަރަޙައްދެއް އަލަށް އިމާރާތް ކުރެވޭނެއެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން ކައުންޓަރުތަކާއި އެރައިވަލް ބެލްޓް އިތުރުކުރުމުގެ އިތުރުން، ޑިޕާޗަރ ހޯލުގައި ކެފޭއަކާއި އިތުރު ގޭޓެއް ގާއިމުކުރުން ހިމެނެއެވެ.

މި މަސައްކަތުގެ ފަރުމާ އާއި ކޮންސަލްޓެންސީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓ ލިމިޓެޑުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާންގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ފަތުރުވެރިކަން ކުރިއަރަމުން އަންނަ ސަރަޙައްދުތަކުގެ އެއާޕޯޓުތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅުގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ވުމާއެކު، މި ތަރައްޤީއާއެކު ފަސިންޖަރުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: