ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެކަން ކުރާނީ މަޖިލިސް މެމްބަރުން: މަހުލޫފް

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަހްލޫފް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ޒިންމާއަކީ އެއްވެސް ހާލަތެއްގައި ސަރުކާރު ޖަވަބުދާރީ ކުރުވުމަށް ހޮވާ މެމްބަރުންނެއް ނޫންކަމަށާއި އެކަން ކުރާނީ ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަހްލޫފް ވިދާލުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ ޕީއެންސީ މިރޭ ކުރިޔަށް ގެންދިޔަ، ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއީ މަހުލޫފް ޕީއެންސީއާއި ގުޅިވަޑައިގަތުމަށް ފަހު، ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މިރޭގެ ޖަލްސާގައި މަހުލޫފް ވަނީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވައި، ކެންޑިޑޭޓަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދުދެއްވާފަ އެވެ.

މަހުލޫފް ވަނީ މޫސަ އަކީ ގައުމީ ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އެކަމަށް ބައެއް ފަރާތްތަކުން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވާފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި މަހުލޫފް ވިދާޅުވީ ގައުމީ ދިފާއީ ބާރު ނުވަތަ ފުލުހުންގެ މުއައްސަސާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަކީ ގައުމަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ކޮށްދެވޭނެ ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުންގެ ފަރާތުން ގައުމަށް އިހުސްލާތެރިކަމާއި ވަފާތެރިކަން ފެންނާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސައާއި ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށާއި، އެމަނިކުފާނަށް ފުރިހަމަ އިތުބާރާއެކު ވޯޓު ދެއްވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ، ހުރިހާ ސަރުކާރެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވާނެކަމަށާއި، އޭގެ ސަބަބުން ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށެވެ. ކައުންސިލް އިންތިހާބަކީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބަޔަކު ހޯދުމުގެ އިންތިހާބެއް ނޫންކަމަށާއި، މިއީ ރަށުގެ ތަރައްގީއަށް އެއްބާރުލުންދޭނެ ބަޔަކު ހޮވުމަށް ބާއްވާ އިންތިހާބެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ މައިގަނޑު ބޭނުމަކީ، އެ ވަގުތެއްގައި އޮންނަ ސަރުކާރަކުން ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތަކުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުންދޭނެ ބަޔަކު ހޯދުން ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ނިމިދިޔަ ހުރިހާ އިންތިހާބުތަކެއްގައި ވެސް ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދެނީ މި ސަބަބަށްޓަކައި ކަމަށް ފާހަގަކުރެއްވިއެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރާނެ ރައްޔިތުންގެ މަޖިލިސް މިހާރު އިންތިހާބުކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ކެނޑިޑޭޓުން ދައްކަވާ ވާހަކަފުޅުތަކުން މަޖިލީހަށް ނުވަތަ ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާހެން ބައެއް ފަހަރު ހީވާކަމަށް ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރު ކުރަން ބޭނުންވާ ނަމަ މުޒާހަރާކޮށް، ޓީވީ ޗެނަލްތަކަށް އަރައި ވާހަކަދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް މިވަގުތުގެ ބޭނުމަކީ ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުންދޭނެ ކެނޑިޑޭޓުން ހޮވުންކަމަށް މަހުލޫފް ވިދާޅުވިއެވެ.

ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން މަހުލޫފް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގަތުމަށް ފަހު، މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރާ ދެކޮޅަށްކަމަށް ވިދާޅުވި އެވެ. އަދި މިއީ މީގެ ކުރިން ވެސް ކަން ހިނގާފައިވާ ގޮތްކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ، 2007 ގައި ނިޒާމީ ވޯޓުގެ ތެރޭގައި ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދުކުރައްވާކަން އެނގުމުން، ރައީސް ނަޝީދު ވަގުތުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވަން ފެއްޓެވި ކަމަށެވެ. އަދި އެމްޑީޕީ ހިނގާ ގޮތަކީ އެއީކަމަށް ވެސް ސިފަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: