ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ސިޔާސީ ފިކުރު ދޫކޮށް، ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ޕާޓީ ރޫހާއި ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ކައުންސިލް އިންތިބާއި ގާތްވެފައި ވަނިކޮށް، ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ފާހަގަކުތެއްވީ، ސަރުކާރުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސް ތަންފީޒު ކުރުމުގައި އެކުގައި އޮވެ އެއްބާރުލުން ދޭނެ ކައުންސިލެއް އޮތުމުގެ މުހިންމުކަމެވެ. އަދި ރައްޔިތުންނަށް އެތައް ވައުދުތަކެއްވެ، އެ ވައުދުތައް ތަންފީޒު ކުރުމުގައި އެއްވެސް ދަތިތަކެއް ދިމާވެ ހުރަހެއް އައުމަށް ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ

ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ރައްޔިތުން ވޯޓު ދެއްވުމުގައި ގައުމީ ވިސްނުން ކުރިއަށް ނެރެން ޖެހޭ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވީ ގޮތަށް ކައުންސިލް ފަންކްޝަން ކުރެވިފައި ނުވާކަމަށެވެ. އަދި ޑަބްލިއުޑީސީ ވެސް ހިންގާފައި ވަނީ އެގޮތުގެ މަތީންކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ޑަބްލިއުޑީސީއަށް ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މާލޭގެ ޑަބްލިއުޑީސީގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން، މޭޔަރު ކެންޑިޑޭޓު މޫސައާއި، ޑަބްލިއުޑީސީގެ ރައީސާކަމަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާންއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލްތަކަކީ ރައްޔިތުންނަށް ދޭންޖެހޭ ދުވަހުން ދުވަހަށް ދޭންޖެހޭ ހިދުމަތްތަކުގައި ސަރުކާރަށް އެހީތެރިވެ، މަގުފަހިކޮށްދޭންޖެހޭ ފަރާތްތައް ކަމަށެވެ. އަދި ގާނޫނީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން ކައުންސިލްތަކަކީ ވެރިކަން ހިންގާ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބާރު ނޫންކަން މިރޭގެ ޖަލްސާގައި ވެސް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: