ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގު އެއްކޮށް ހުޅުވާލުމުގެ އަމާޒު

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ބައިގެ މަސައްކަތްތައް ނިންމައި، އަންނަ ޖޫން މަހުގެ ނިޔަލަށް އެ މަގު އެއްކޮށް އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި މަގުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވަޒީރު މުއްޠަލިބް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މަގުގެ ބާކީ އޮތް ބައިގެ މަސައްކަތްތަކެވެ. މި މަސައްކަތް ކުރިއަށްދާއިރު، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މި މަހުގެ ނިޔަލަށް މިހާރު ތާރުއަޅާފައިވާ ސަރަހައްދު ހުޅުވާލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު މަސައްކަތް ކުރަމުންދަނީ 700 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ކަމަށްވާއިރު، މިއީ ކުރިން ނިންމާފައިވާ ސެގްމެންޓަށްވުރެ ދެގުނަ ބޮޑު ސަރަހައްދެކެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު އެވްރެޖުކޮށް 6 މީޓަރަށް ވުރެ ފުޅާވެގެންދާނެއެވެ. ޚާއްޞަކޮށް ސިޓީ ގާޑެން ކުރިމަތީގައިވާ ސަރަހައްދު ބޭރަށް ނެރެ، ގާތްގަނޑަކަށް 500 ސައިކަލު ޕާކުކުރެވޭނެ ޖާގަ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ހިއްކާފައިވާ ސަރަހައްދު ވަށައިގެން ލޯންޗުފަހަރު ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ވަރަށް ބާރު މިނެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްއިރު، މިއީ މާލޭގެ ދަތުރުފަތުރަށާއި ޕާކިންގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: