ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޓެކްސީ ލައިންގެ ހިދުމަތް ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ

މާލެ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަލަށް ތައާރަފުކުރި ޓެކްސީ ލައިންގެ ޚިދުމަތް، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެއްވެސް ފީއަކާ ނުލައި ހިލޭ ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ނިންމައިފިއެވެ.

ސަރުކާރުން ރޭ ރަސްމީކޮށް އިފްތިތާހުކުރި މި ޚިދުމަތް ހިލޭ ދިނުމުގެ މައިގަނޑު މަގުސަދަކީ، ހިދުމަތް ބޭނުންކުރާ އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ހިދުމަތް ހޯދާ ފަރާތްތަކުން އެ ބޭފުޅުންގެ ޝުއޫރުތަކާއި ހިޔާލުތައް އެ ކުންފުންޏާ ހިއްސާކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

ހިދުމަތް ހިލޭ ދިނުމާއި ގުޅޭގޮތުން އެމްޓީސީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ހިލޭ ދަތުރުކުރާ މުއްދަތުގައި 1655 ހޮޓްލައިން ނަންބަރަށް ގުޅައިގެން ދަތުރުތައް ބުކް ކުރުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ހިދުމަތުގެ ދަށުން ކާރަކަށް އެދުމުން، އެ މީހަކާ އެންމެ ކައިރީގައި އޮންނަ ކާރެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

ޖުމްލަ 150 ޓެކްސީއާއެކު ފެށި މި ހިދުމަތުގައި ތިން ބާވަތެއްގެ ކާރު ހިމެނެއެވެ.

އޭގެ ތެރޭގައި މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ލުމިން މޮޑެލް“ ގެ ކުދި ކާރުތަކާއި، މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ”ޑީޕަލް އެސްފައިވް“ އަދި ހަތަރު ފަސިންޖަރުންނަށް ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ ”ޑީޕަލް އެސްސެވަން“ މޮޑެލްގެ ކާރުތައް ހިމެނެއެވެ.

ޑިޖިޓަލް ބުކިން ސިސްޓަމެއް މެދުވެރިކޮށް ދޭ މި ހިދުމަތަށް، ހިލޭ ދަތުރުކުރާ މުއްދަތު ހަމަވުމުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ. އަދި އޭގެ ފަހުން ދަތުރުތަކަށް އަގު ނަގަމުންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ ރޭޓުތަކުންކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: