ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޓެކްސީގެ ހިދުމަތް މި އަހަރު އައްޑުއަށް ތައާރަފު ކުރަނީ!

މާލެ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އަލަށް ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް، މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައި ވެސް ފެށުމަށް ނިންމާފައިވާކަން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މާލޭގެ ޓެކްސީލައިންގެ ހިދުމަތް ފެށުން އިފްތިތާހު ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫ ސިޓީގައި ޓެކްސީލައިންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އައްޑޫގައި ބޮޑު އާބާދީއެއް އޮތް އިރު، އެ ސިޓީގައި ވެސް ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތަކަށް ބޭނުންވެފައިވާކަމަށް އަމީން ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އެމްޓީސީސީން އޮޕަރޭޓްކުރާ މި ހިދުމަތް ފަށާފައި ވަނީ 150 އުޅަނދާއެކުގައެވެ. މި ހިދުމަތުގެ ދަށުން ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް އީވީ އުޅަނދެވެ.

އޭގެ ތެރޭގައި މާލެ ތެރޭގެ ކުރު ދަތުރުތަކަށް ހާއްސަ ”ލުމިން މޮޑެލް“ ގެ ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ހާއްސަ ”ޑީޕަލް އެސްފައިވް“ އަދި ހަތަރު ފަސިންޖަރުންނަށް ތިބެވޭ ”ޑީޕަލް އެސްސެވަން“ ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ހިދުމަތް ބިނާވެފައި ވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށެވެ. އެއީ ދަތުރުވެރިންނާއި ޑްރައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑައެޅިފައިވާ އަގުތަކެއްގައި ހިދުމަތް ދިނުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި 24 ގަޑިއިރު ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ރައީސް އަޅުގަނޑުމެންނަށް ދީފައިވާ އިރުޝާދާއެކީގަ މާލޭން ބޭރުގަ އެއީ އައްޑުއަތޮޅުގަވެސް މިފަދަ މުހިންމު ހިދުމަތަކަށް މިހާރު ބޭނުންވެފަވާތީ އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރަމުން ގެންދަން… އިރާދަކުރެއްވިއްޔާ މާލޭގައި މި ހިދުމަތް އިފްތިތާހު ކުރެވުނު ފެންވަރުގައި ވަރަށް އަވަހަށް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ޓެކްސީ ލައިން ގާއިމްވެގެންދާނެ..

މިހާރު މި ހިދުމަތަށް އެދެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފޯނުން ގުޅައިގެން ވެސް ޓެކްސީ ހޯދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި މަސައްކަތް ކުރާނީ މުޅިން ވެސް ދިވެހި ޑްރައިވަރުންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޕްރައިވެޓް ސެކްޓަރަށް ދަތިކުރުން ނޫންކަމަށާއި، އަމިއްލަ ސެންޓަރުތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އެގޮތުން، ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރަން ބޭނުންވާ އުޅަނދުގެ އަދަދު 100 އިން 50 އަށް މަދުކޮށް، އެއް ސެންޓަރަށް ވުރެ ގިނަ ސެންޓަރުގައި ޑްރައިވަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: