ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްޕަގެ ޖިންސީގޯނާގެ ޝިކާރަޔަކަށްވި ތުއްތު ކުއްޖެއްގެ އާދޭސް!

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

’އަޅުގަނޑަކީ ޢުމުރުން އެންމެ 07 އަހަރުގެ ފިރިހެން ކުއްޖަކީމެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ މަންމަ އަޅުގަނޑުމެން ދޫކޮށް ދޮންބައްޕައައަކާއިއެކު އެހެން ދިރިއުޅުމެއް ހޯދިއެވެ. އެއާއިއެކު އަޅުގަނޑުގެ ބައްޕައާއިއެކު ދިރިއުޅުން މާލެއިން ރަށަށް ބަދަލުވިއެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެންފެށިގެން އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ކޮއްކޮގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ އަޅުގަނޑުގެ ބައްޕައެވެ. ބައްޕަ ނިދަން އޮންނަނީ އަބަދުވެސް އަޅުގަނޑުގެ ކައިރީގައެވެ. އަދި އަޅުގަނޑާއި އެކު ކޮށްކުވެސް އޮވެއެވެ.

އަޅުގަނޑާއި އަޅުގަޑުގެ ކޮށްކޮގެ އުމުރަށް އަންނަމުން ދިޔަ ބަދަލުތަކާއިއެކު އަޅުގަނޑުގެ ބައްޕަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ރޭގަނޑު އަޅުގަނޑަށް ނިދިން ހޭލެވެނީ ބައްޕަ އަޅުގަނޑާއިމެދު ނޫންނަމަ އަޅުގަނޑުގެ އަންހެން ކޮށްކޮއާއި މެދު ބަދުއަޙްލާޤީ ޢަމަލު ހިންގަން ފެށުމުންނެވެ. އަދި އަޅުގަނޑަށް ހޭލެވި، އެކަމާ ދެކޮޅު ހެދުމުން ގަދަކަމުން ބައްޕަ ބަދުއަޙްލާޤީ ޢަމަލު ހިންގަމުން ގޮސްފައިވެއެވެ. ބައްޕަ މިފަދަ ފިނޑި ޢަމަލެއް ހިންގަފާނެކަމަކަށް މީގެކުރިން ދުވަހަކުވެސް އަޅުގަނޑުގެ ހިތަކަށް އަރާފައެއް ނުވެއެވެ. އުންމީދެއް ވެސް ނުކުރަމެވެ.

މިވާހަކަތައް އަޅުގަނޑު ކިޔައިދޭނީ ވަކި ކާކަށްތޯއެވެ. މިއީ އަޅުގަނޑު އެންމެ ތުއްތު އިރުއްސުރެންފެށިގެން އަޅުގަނޑު ބަލަހައްޓަމުންދާ އަޅުގަނޑުގެ ބައްޕައެވެ. ބައްޕަ އަޅުގަނޑުމެން ބަލަހައްޓަމުން ދަނީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތިއެވެ. އަނެއްކާ މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ އަޅުގަނޑު މަރާލާނެކަމަށްބުނެ ބައްޕަ ވަނީ އަޅުގަނޑަށް މަރުގެ އިންޒާރުވެސް ދީފައެވެ.

އެހެންކަމުން ބައްޕަ އަޅުގަނޑާއި އަޅުގަނޑުގެ އެންހެން ކޮށްކޮއާއި މެދު ގަދަކަމުން ބަދުއަހްލާޤީ ޢަމަލު ހިންގާ ވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނާކަށް އަޅުގަނޑަކަށް ނުކެރެއެވެ. އަދި މިވާހަކަތައް މީހަކު ޤަބޫލު ނުކޮށްފާނެތީއާއި ބައްޕަ ދެކެ ގަންނަ ބިރަކުން ބުނާކަށްެވެސް ނުކެރެއެވެ. ނަމަވެސް ބައްޕަ މި ހަޑި މުޑުދާރު ޢަމަލު ހިންގުން ހައްދުފަހަނަ އަޅާދިޔައެވެ. އެހެން މީހުންނަށްވެސް އަޑުއިވޭ ހިސާބުގައިވެސް މިފަދަ އަމަލުތައް ކުރަން އަންނާށޭ ބުނެއެވެ. އަދި ނުދާން ގަދަހެދުމުން ބައްޕަ އަޅުގަނޑުމެން ގަދަކަމުންވެސް ގެންދެއެވެ.

ބައްޕަ އަޅުގަނޑުމެންނާއި މެދު ބަދުއަހްލާޤީ ޢަމަލު ހިންގާ ހަމައެކަނި ޖިންސީ އަނިޔާ ދެނީއެއް ނޫނެވެ. އަޅުގަނޑުގެ މިނިކަމެތި ޅަ ހަށިގަނޑަށް އެކިވަރުގެ އަނިޔާކޮށް މީހުންގެ ތެރޭގައި ލަދުވެސް ގަންނުވައެވެ. ބައްޕަ ބުނާކަމެއް ނުކޮށްފިނަމަ އަޅުގަނޑުގެގައި ގައި ތަޅާ އަނިޔާކޮށްވެސް ހަދަމުން ގެންދެއެވެ. އެގޮތުން އެއްދުވަހަކު އަޅުގަނޑުގެ ބޮލުގައި އެއްޗަކުން ޖެހުމުން އަޅުގަނޑުގެ ހެއަށްވެސް ގޮތްވިއެވެ. އަދި ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. އެހެންނަމަވެސް އަޅުގަނޑަށް އެއްވެސް ފަރުވާއެއްވެސް ނުދެއެވެ. އެކަމާ އަޅާވެސް ނުލައެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑު ފަދަ އެހެން ކުދިންގެ މައިންބަފައިންވެސް އެކުދިންނާމެދު ޢަމަލުކުރަމުންދަނީ ހަމަ މިގޮތަށް ބާވައެވެ. ހަމަ މިހާ މިއަނިޔާވެރިބާވައެވެ. މިފަދަ އަނިޔާވެރިކަމާއެކު މައިން ބަފައިންގެ ކައިރީ އުޅުމަށް ދުނިޔެ އަށް އައީތީވެސް އެކަމާ އަޅުގަނޑު މިއަދު ހިތާމަކުރަމެވެ. އަދި މިފަދަ އަނިޔާވެރި މައިން ނުވަތަ ބަފައިން ތިޔައިން އެއްވެސް ކުއްޖަކަށް ލިބުމަކަށް އަޅުގަނޑު ނޭދެމެވެ. ދެން މިއަދު އަޅުގަނޑު މިކަމުން ސަލާމަތްވާނީ ކިހިނަކުންބާވައެވެ. ނުވަތަ މި ރަހުމްކުޑަ އަނިޔާ ތަކުން ސަލާމަތްވުމަށް އަޅުގަނޑު އަމަލުކުރާނީ މިއަދު ކިހިނަކުންތޯއެވެ؟…

މައިން ބަފައިންގެ ފަރާތުން މިފަދަ ޖިންސީ އަނިޔާތައް ލިބެމުންދާ ކުދިންނަށް މިފަދަ ޢަމަލުކުރާ މައިން ބަފައިންނާ ދޭތެރޭ ޢަމަލުކުރަން ޖެހޭގޮތާއި ބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ މައިން ބަފައިންގެ ޙައިސީއްޔަތުން ކުރަން ޖެހިއްޖެ ކަމެއް ފިޔަވައި އެހެން ކަންތައް ތަކުން ދުރުވެ އެއްކިބާ ވުމަށެވެ. އެމީހުންގެ އެބާވަތުގެ އެންމެހާ ޢަމަލުތަކަށް އިންކާރު ކުރެވެން އޮތްގޮތަކަށް އިންކާރު ކުރުމަށެވެ.

ކަންމިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުއަށް ނަޒަރު ހިންގާލާއިރު ބައްޕަ ނުވަތަ މަންމަގެ ފަރާތުން އެމީހުންގެ އުފަން ދަރިންނަށް ކުރާ މިފަދަ ނޭދެވޭ ޖިންސީ ހާނިކަތައް މިހާރަކަށް އައިސް މިދަނީ އިތުރު ވަމުންނެވެ.

ނަމަވެސް މިފަދަ މަންމައެއް ނުވަތަ ބައްޕައެއްގެ ފަރާތުން އެމީހުންގެ ފިރިހެން ދަރިންނަށް ނުވަތަ އަންހެން ދަރިންނަށް މިފަދަ ޢަމަލުތައް ކުރަމުންދާކަމުގެ ނިޝާނެއް ފެނިއްޖެނަމަ ކުއްޖާއާއި ސުވާލުކޮށް މަންމަ ނުވަޔަ ބައްޕަ ހެދިގޮތެއް އޮޅުންފިލުވާ އަދި ކުއްޖާއަށް މިކަންކަން ކުރުމަކީ ގޯސްކަމެއްކަމަށް ބުނެދިނުމަކީ ކޮންމެ ބައްޕަ އެއްގެ ވާޖިބަކަށް މިއަދު މިވަނީ ހަދަން ޖެހިފައެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކުރަން ޖެހޭ އިހްތިރާމާއި އަޅާލުން އިތުރުކުރުމާއި، ކުދިންގެ ކުރިމަތީގައި މައިން ބަފައިން މާބޮޑަށް ގައިގޯޅިވެ ނުހެދުމާއި، މިފަދަ ނޭދެވޭ ވާހަކަތައް ކުދިންގެ ކުރިމަތީގައި ހާމަނުކުރުން މީ މިއަދު އަޅުގަނޑުމެން ކޮންމެ މަޔަކާއި ބަފަޔަކަށްމެ ކުރެވިދާނެކަމެއްކަން ގައިމެވެ.

ކޮންމެ ކުއްޖަކުވެސް އުފާވެރި މުޞްތަޤްބަލަކަށް އެދޭނެއެވެ. އާއިލާގެ އެއްބައިވަންތަކަމާއި، އަޚްވަންތަކަށް ދަމަހައްޓަން ބޭނުންވާނެއެވެ. ނަމަވެސް އާއިލާގެ ތެރޭގައި ހިމެނޭ އެއްވެސް މެންބަރަކު އާއިލާގެ އެއްވެސް ކުއްޖެއްގެ މުސްތަޤްބަލް މިފަދަ ހަޑިމުޑުދާރު ގޮތަކަށް ވެއްޔާއި މޮޑެލާ މީހަކު އާއިލާއެއްގެ ތެރޭގައި ހުރިނަމަ އެއާއިލާއަކަށް ހިތްހަމަޖެހުމާއި، ފާގަތިކަން ލިބޭނީ އެމީހަކު އާއިލާއިން ބޭރުކޮށްގެން، ނުވަތަ އަމިއްލައަށް އިޞްލާޙްވެ މަޢާފަށް އެދި ކުށަށް ތަޢުބާވެގެންނެވެ. އަދި އެކަމުގެ ހައްޤުވާ އަދަބްވެސް ލިބިގެންކަން ޔަޤީނެވެ. އޭރުން މިފަދަ ނިކަމެތިކަން ލިބޭ ކުދިން މިދިވެހި މުޖުތަމަޢުއިން މަދުވާނެކަން ޔަޤީނެވެ.

ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާކުރާ މައިން ބަފައިންނަށް ދީނީގޮތުން އެޅޭ ހަރުކަށި އަދަބުތަކާއި ބެހޭގޮތުން އިލްމުވެރިން ވިދާޅުވަނީ އެފަދަކަމެއް ފާޅުވާ ހިނދު މައްސަލަ ޝަރީއަތަށް ގެންދިއުމެވެ. އަދި ޝަރީޢަތުން އެކަމަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމެވެ. އަދި އެކުދިން މައިންބަފައިންނާ ވަކިކުރުމެވެ.

މައިން ބަފައިންނަށްޓަކާ ދަރިން އަދާކުރަންޖެހޭ ޙައްގުތަކެއް ވެއެވެ. އެޙައްގުތައް އަދާކުރުންމަތީ ދެމިހުންނަންޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް އަނެއްފަރަތަކަށް އަދާކުރަންޖެހޭ ޙައްގުތައް އަދާކުރުންމަތީ ދެމިހުންނަންށް ޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް އަނެއްފަރަތަކަށް އަދާކުރަންޖެހޭ ޙައްގު އަދާ ނުކުރުމުން އެކަމުގެ ސުވާލު އަންނާނީ އެފަރާތަކަށެވެ! ތިމާމެންގެ ބާއްޖަވެރިކަން ބިނާވެފައިވަނީ ތިމަތިމާމެންގެ މައްޗަށް ވާޖިބުވެގެންވާ ޙައްޤުތައް އަދާކުރުންމަތީ ދެމިހުރި މިންވަރަކުންނެވެ.

މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނައި ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެންބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނީއްކަކޮށް މުޖުތަމަޢުން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލް ބިނާކުރާން ޖެހޭ މީހުންނެވެ. އެކުދިންގެ މުސްތަޤްބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤްބަލް ވެއްޔާލާ މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ.

އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ މައިން ނުވަތަ ބަފައިން ނުހިންގުމަށް އަޅުގަނޑު ގޮވައިލަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނެމަ އެކަން ސިއްރު ނުކުރައްވައި ކަމާބެހޭ ފަރާތްތަކަށް އަންގަވައި އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މައިން ނުވަތަ ބަފައިން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވައިލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނިކައެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: