ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެޖެޓާއި ގުޅޭގޮތުން ސިފާގެ ޝަކުވާ: އެދުނު އަދަދު ލިބުނު ނަަމަ ބޮޑުތަނުން މަގުތައް ރަނގަޅުވީސް!

މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ނުކުރެވުނީ ބަޖެޓު ނެތުމުގެ ސަބަބުން ކަމަސް މޭޔަރު ސިފާ ވިދާޅުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

 މާލޭގެ ތަރައްގީއަށް އެކަށީވެންވާ ބަޖެޓެއް 2019 ވަނަ އަހަރު ލިބިފައި ނުވާކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ސިފާ މުހައްމަދު ޝަކުވާ ކުރައްވައިފިއެވެ.

 ބެޖެޓެއް ނެތް ވާހަކައަކީ ސިޓީ ކައުންސިލްއިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މާލީ ބާރުވެރިކަމެއް ނެތުމާއި، އެކު ކަންކަން ހަމަޖައްސާނެ އިންތިޒާމުތައް ނެތް ވާހަކަ އަބަދުވެސް ދައްކައެވެ. އެހެން ނަމަވެސް އާ ސަރުކާރާއި އެކު ސިޓީ ކައުންސިލްތަކަށް އާ ބާރުތަކެއް ދިނެއެވެ. މުސާރަވެސް ބޮޑު ކުރިއެވެ.

ސިފާ ވިދާޅުވާ ގޮތިުގައި މާލޭގެ ތަރައްގީއަށް 2019 ވަނަ އަހަރު ކަނޑައެޅި ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައެވެ. އޭގެ ސަބަބުން، މާލޭގެ ތަރައްގީއަށް ސިޓީ ކައުންސިލަށް މަސައްކަތް ނުކުރެވުނު ކަމަށް ސިފާ ވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީ ކައުންސިލްއިން ވަކި ބަޖެޓެއް ދޭން އެދުނު ނަމަވެސް، އެ އަދަދު ހަމަޖެހިފައި ނުވާކަމަށް ވިދާލުވެ ސިފާ ވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރާނެ ފައިސާއެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން އެދުނު މިންވަރަށް ފައިސާ ހަމަޖެހުނު ނަމަ މާލޭގެ މަގުތަކުގެ ހާލަތު ބޮޑުތަނުން ރަނގަޅުވީސް ކަމަށް ސިފާ ވިދާޅުވިއެވެ.ަ

ސިފާ ވަނީ މާލޭގެ މޭޔަރުކަމަށް އާ ދައުރުކަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސިފާ މިވަގުތު ފުރުއްވަމުން ގެންވަނީ ސިޓީ ކައުންސިލްގެ ދެވަނަ ދައުރެވެ. މާލޭގެ މަގުތައް ތަރައްގީ ނުކުރެވުނު ސަބަބުތައް ހާމަކޮށް ސިފާ ވިދާޅުވީ މިދިޔަ އަހަރު މަގުތައް ތަރައްގީ ކުރުމަށް ލިބުނީ އެންމެ ”37000“ ގަލާއި، ”200“ ކާނު ކަމަށެވެ.

”އެދުނު މިންވަރަށް ލިބުނު ނަަމަ ބޮޑުތަނުން މަގުތައް ރަނގަޅުވީސް.“ ޝިފާ

https://twitter.com/SifaMohammed/status/1220581932351676416

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް ކުރީ ސަރުކާރުން ވަނީ ނަގާފައެވެ. ނަމަވެސް އައު ސަރުކާރު ވެރިކަމަށް އައިސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ހިފެހެއްޓި ބާރުތައް އަލުން ވަނީ ކައުންސިލްތަކަށް ދީފައެވެ. 

ރައީސް ސޯލިހްގެ ސަރުކާރަށް އަހަރު ދުވަސް ވެގެންދިޔައިރު ސިޓީ ކައުންސިލްގެ ފަރާތުން އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ކުރީ ސަރުކާރުގެ ދުވަސްވަރަށްވުރެ މިހާރު މާލެ ސިޓީގެ ހާލަތު ދަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ކައުންސިލް އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އެމްޑީޕީގެ ޕްރައިމެރީ މި މަހުގެ 30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: