ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރާނަން: އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ސަރުކާރުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ހިންގުމާ ވެސް ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު މިކަން ހާމަކުރެއްވީ ދާދިފަހުން ބޭއްވުނު އިންތިޚާބުތަކާ ގުޅިގެންނެވެ.

ވަޒީރު މިހެން ވިދާޅުވީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުޙަބާ ދެންނެވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ”އަލަށް އިންތިޚާބު ކުރެވުނު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރާނެ ކަމަށް އުންމީދު ކުރައްވާ“ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް އެ ފަރާތްތަކުން ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ހުރިހާ ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށެވެ. މިއީ ރަށްރަށުގެ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކަށް ބާރުވެރިކަން ދިނުމަށާއި، ރަށްރަށުގެ ތަރައްޤީގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމާއި އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: