ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތައް ޕީއެންސީން ކާމިޔާބުކޮށްފި

ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގެ ބޮޑު މެޖޯރިޓީއެއް ވެރިކަންކުރާ ޕީއެންސީން ހޯދާފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުން ޕީއެންސީން ވަނީ ޖުމްލަ 450 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. މި އިންތިޚާބުގައި ޕީއެންސީއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ރަށު ކައުންސިލްތަކުންނެވެ. އެގޮތުން ރަށު ކައުންސިލްތަކުން އެ ޕާޓީއަށް 262 ގޮނޑި ލިބިފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 190 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކީވެސް ޕީއެންސީއެވެ.

ނަމަވެސް، ރަށު ކައުންސިލްތަކާއި ޚިލާފަށް ސިޓީ ކައުންސިލްތަކުން ޕީއެންސީއަށް ލިބުނު ނަތީޖާ ނިސްބަތުން ދަށެވެ. ފަސް ސިޓީއެއްގެ މޭޔަރުން ހިމެނޭހެން، ސިޓީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ވަނީ ރަށު ކައުންސިލްތަކުގެ 238 ގޮނޑި އަދި ޑަބްލިއުޑީސީގެ 177 ގޮނޑިއާއެކު ޖުމްލަ 400 އަށްވުރެ ގިނަ ގޮނޑި މިހާތަނަށް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައެވެ. އެގޮތުން ރަށު ކައުންސިލްތަކުން 80 ގޮނޑި އަދި ޑަބްލިއުޑީސީ އިންތިޚާބުން 56 ގޮނޑި އަމިއްލަ ކެންޑިޑޭޓުން ކާމިޔާބުކުރިއެވެ. އެހެނިހެން ސިޔާސީ ޕާޓީތަކަށް ރަށު ކައުންސިލްތަކުން 14 ގޮނޑި އަދި ޑަބްލިއުޑީސީ އިންތިޚާބުން 7 ގޮނޑި ލިބިފައިވެއެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، ގިނަ ރަށްރަށުގެ ކައުންސިލް ރައީސްކަން ކާމިޔާބުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: