ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ވަތަނީ ހިދުމަތުގެ ބައިވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން އަލަށް ފައްޓަވާފައިވާ ”ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް“ ގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ދިފާއީ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.

ދިފާއީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިހާރު އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ. މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ޒުވާނުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ އާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކޮށް، އަޚްލާގު ރަނގަޅު ހަރުދަނާ ބައެއްގެ ގޮތުގައި ބިނާކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު މަގުސަދެކެވެ.

މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ސިއްހަތު ރަނގަޅު ދިވެހި ޒުވާނުންނަށެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައެވެ. ތިންވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ ފަހު ހަފުތާގައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 344 ޒުވާނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ދަސްވެނިވެފައެވެ. އޭގެ ތެރެއިން ހޮވުނު 65 ކުއްޖަކު މިހާރު ބ. ކިހާދޫގައި ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުންދާއިރު، ބާކީ ތިބި 241 ޒުވާނުންނަށް ސަރުކާރުން ވަނީ ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައެވެ. މިހާރު ކުރިއަށްދަނީ ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތަކެވެ.

ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު applyfor.mns@defence.gov.mv އަށް އީމެއިލް ކުރެއްވުމަށް ނުވަތަ ރަސްމީ ގަޑީގައި ދިފާއީ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: