ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ޖެއްސުން ނުކޮށް، ހުރިހާ މެންބަރުންވެސް އެއްބާރުލުން ދިނުމަށް ޖާބިރު ގޮވާލައްވައިފި

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅައި ޖެއްސުން ކުރުމުގެ ބަދަލުގައި، ހުރިހާ ކައުންސިލް މެންބަރުންވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

އިންތިހާބުވި އިދިކޮޅު ކައުންސިލް މެންބަރުންނަށް އިލްތިމާސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކުގައި ބުރަކި ޖެއްސުމަކީ އާންމު ރައްޔިތުންގެ ކަންކަމުގައި ބުރަކި ޖެހިގެން ދިއުން ކަމަށެވެ.

ނިމިދިޔަ އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ޕީއެންސީގެ މުޅި ޓީމުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް، ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމަށް ލިބުނީ ކުޑަ ވަގުތުކޮޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އިންތިހާބުގެ ނަތީޖާއަކީ ރައްޔިތުންގެ ނިންމުމެއް ކަމަށާއި، ކުރީގެ މޭޔަރުން އަދިވެސް ތިއްބެވުމުން މާބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގެ ދާއިރާއިން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާގެ ސަބަބުން ސަރުކާރު ހިންގުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ ތެރޭގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށާއި، އެ ކަންކަން އިސްލާހުކުރުމުގައި ރައީސްއާއެކު ސާބިތުވެ ހުންނަވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ދާއިރާއިން ސަރުކާރުން ހޯދި ކާމިޔާބީއަށް ޖާބިރު ވަނީ ތައުރީފު ކުރައްވާފައެވެ. އެގޮތުން ދިވެހި ސަރުކާރުން އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދައްކާފައިވާތީ، އެކަމަށްޓަކައި ރައީސަށް މަރުހަބާ ދެންނެވިއެވެ. ”ރައީސް އެކަން ކުރެއްވީ ވަރަށް ހުށިޔާރުކަމާއެކު،“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވިދާޅުވީ، ދެން އޮތީ ރާއްޖެއަށް ބޭނުންވާ ތަރައްގީ އާއި ފައިނޭންޝިއަލް އިންވެސްޓްމެންޓްތައް ހަލުވި ސްޕީޑެއްގައި ގެނައުން ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ގައުމުގެ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ތަކުރާރު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: