ބައިނަލްއަޤްވާމީ ހޮލިޑޭ ޗެކް ގޯލްޑް އެވޯޑް މާލެ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސަމާ އައިލޭންޑް އިން ހޯދައިފިއެވެ.
މިއެވޯޑު އެރިސޯޓުން ހޯދީ ދުނިޔޭގެ އެތައްޤައުމެއްގެ ހޮޓެލްތަކާއި ރިސޯޓު ތަކާ ވާދަކޮށްގެންނެވެ.
މިއެވޯޑަކީ ފަތުރުވެރިން އެރިސޯޓު ނުވަތަ ހޮޓަލަށް ދޭ ރިވިއުގެ މައްޗަށް ބިނާކޮށް ދެވޭ ހާއްސަ އެވޯޑެކެވެ. އެގޮތުން މިފަހަރުގެ އެވޯޑު ލިބުނު ފަރާތްތަށް ކަނޑައެޅީ 950000 ރިވިއުއަށް އަށް ބެލުމަށްފަހުއެވެ.
މިއެވޯޑަށް ޝަރުތު ހަމަވާނީ އަހަރެއްހާ ދުވަހުގެ ތެރޭ 50 އަށް ވުރެ ގިނަ ރިވިއު ލިބި، އޭގެ ތެރެއިން %90 މީހުން އެތަނެއް ބަލައިގަނެ އެތަނެއް އެހެން މީހުންނަށް ޚިޔާރު ކުރުމަށް ލަފާދިނުމުންނެވެ. މީގެ ތެރެއިން ވެސް ގޯލްޑް ޗެކް އެވޯޑު ހާސިލު ކުރެވޭނީ، މަދުވެގެން 5 ފަހަރު ހޮލިޑޭ ޗެކް އެވޯޑު ލިބި ދެމެހެއްޓިނިވި ގޮތެއްގައި ރަނގަޅު ރިވިއުތައް ލިބުމުންނެވެ.
ސަމާ އައިލޭންޑް މޯލްޑިވްސް އަކީ 4 ތަރީގެ ރިސޯޓެކެވެ. އެތަނުން ވަނީ 2017 އަދި 2018 ވަނަ އަހަރުގެ ސަޓާ އެވޯޑުގައި ލީޑިންގް ބީޗް ރިސޯޓު އެވޯޑު ވެސް ވިދިވިދިގެން ހޯދާފައެވެ. މިއީ ދިވެހިރާއްޖޭއްގައި އެންމެ ފުރަތަމަ ރިސޯޓުތައް ހުޅުވިގެން ދިޔައި އިރު ހުޅުވުނު ރިސޯޓެކެވެ. އަދި މިރިސޯޓަކީ މުޅިން ވެސް ދިވެހީންގެ ހިއްސާ އޮންނަ ރިސޯޓެކެކެވެ.
ދާދި ފަހުން އެރިސޯޓުން ވަނީ ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓެޑް ރީފް ވެސް ޤާއިމު ކޮށްފައެވެ.

