ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އަޣުލަބިއްޔަތު އެމްޑީޕީން ކާމިޔާބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ޢާއިޝަތު ރީޝާއެވެ.

މާލޭގެ އެކި ދާއިރާތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވި ކެނޑިޑޭޓުންނަކީ:

  • މާފަންނު އުތުރު ދާއިރާ: މަރްޔަމް ޝީޒާ
  • މާފަންނު މެދު ދާއިރާ: މަރްޔަމް ނާޞިފާ ޢުމަރު
  • މާފަންނު ދެކުނު ދާއިރާ: ބަދޫރާ
  • މާފަންނު ހުޅަނގު ދާއިރާ: އާމިނަތު ޝަފީޤާ
  • މައްޗަންގޮޅި އުތުރު ދާއިރާ: ޙައްވާ ސަހްވާ
  • މައްޗަންގޮޅި މެދު ދާއިރާ: ރަޝީދާ ރަޝާދު
  • މައްޗަންގޮޅި ދެކުނު ދާއިރާ: މަރްޔަމް ޒާހިރާ
  • ހެންވޭރު އުތުރު ދާއިރާ: ޢާއިޝަތު ރިޔާޝާ
  • މެދުހެންވޭރު ދާއިރާ: ޢާއިޝަތު މޫސާ
  • ހެންވޭރު ދެކުނު ދާއިރާ: އާމިނަތު ސޯނިޔާ
  • ހެންވޭރު ހުޅަނގު ދާއިރާ: މަރްޔަމް ރަޝީދާ އިބްރާހީމް
  • ގަލޮޅު އުތުރު ދާއިރާ: ޢާއިޝަތު ނަޒާހަތު
  • ގަލޮޅު ދެކުނު ދާއިރާ: ފާޠިމަތު ޝިރުމީނާ
  • ހުޅުމާލޭ އުތުރު ދާއިރާ: ފާޠިމަތު ސިބާ
  • ހުޅުމާލޭ މެދު ދާއިރާ: ފާޠިމަތު ޔޫޙާ އިބްރާހީމް
  • ހުޅުމާލޭ ދެކުނު ދާއިރާ: މަރްޔަމް އަމީނާ
  • ވިލިމާލެ ދާއިރާ: ހިޝްމާ އަޙްމަދު

މި އިންތިޚާބުގެ ނަތީޖާގައި ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ، އިންތިޚާބުވި މެންބަރުންގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރަކީ ވިލިމާލެ ދާއިރާއިން ހޮވިވަޑައިގެންނެވި ހިޝްމާ އަޙްމަދު ކަމަށްވުމެވެ. މީގެ އިތުރުން، ވިލިމާލެ ދާއިރާގެ ކައުންސިލަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ސަމާޙަކީވެސް ޕީއެންސީގެ ފަރާތުން އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.

މުޅި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތުވެސް ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް މާލެ ސިޓީން ކާމިޔާބު ކުރެވުނީ ހަމައެކަނި ވިލިމާލެ ދާއިރާގެ ކައުންސިލަރުކަމާއި، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ.

މި އިންތިޚާބަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މާލޭގައި ބޭއްވުނު މުހިންމު އިންތިޚާބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: