ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 56 އަށް އަރައިފި!

ޗައިނާ ސަރުކާރުން ވަނީ މާސްކް އެޅުން މަޖުބޫރުކޮށްފައި --- ފޮޓޯ: ޗައިނާ ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 56 އަށް އަރައިފި އެވެ.

ޗައިނާ ސަރުކާރުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 56 އަށް އަރާފައި ވާއިރު ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1975 އަށް އަރާފައެވެ.

ޗައިނާއިން މިހާރު ވަނީ އެހެން ގައުމުތަކަށް ބަލި ފެތުރިދާނެތީ، އެގައުމުން ބޭރަށް މީހުން ދިއުން ވަގުތީ ގޮތުން ހުއްޓުވާފައެވެ. އަދި އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ޗައިނާއިން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ގައުމީ އެއާލައިން އިން މިދިޔަ އަހަރު ޗައިނާގެ ވުއާން ސިޓީ އަށް ދަތުރު ކުރި އެވެ. ނަމަވެސް މޯލްޑިވިއަން އިން އެ ސިޓީއަށް ދަތުރު ކުރުން މިދިޔަ އަހަރު ވަނީ ހުއްޓާލާފަ އެވެ.

ޗައިނާގައި ކޮރޯނާވައިރަސް ޖެހިފައި ތިބި މީހުންނަށް ހާއްސަ ހޮސްޕިޓަލްތަކެއް އެޅުމުގެ މަސައްކަތް އެގައުމުން މިހާރު ދަނީ ކުރަމުންނެވެ. މިފަދަ ފުރަތަމަ ހޮސްޕިޓަލް ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު ހުޅުވާނެއެވެ.

ކޮރޯނާވައިރަސް އަކީ ކޮބާ؟

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

އެ ވައިރަސް އިންސާނުންނަށް ޖެހޭނީ ޖަނަވާރުންގެ ފަރާތުންނެވެ. ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ސާސް ވައިރަސް އިންސާނުން ޖެހުނީ ބުޅަލުންކަމަށްވާއިރު، މާސް ވައިރަސް ފެތުރުނީ ޖަމަލުންނެވެ. އަދި އިންސާނުންގެ ހަށިގަނޑުން ނުފެންނަ އެ ޒާތުގެ ކިތަންމެ ވައިރަސްތަކެއް ޖަނަވާރުންގެ ހަށިގަނޑުގައި އުޅޭކަމަށް ވަނީ ހޯދިފަ އެވެ.

އަދި މިފަހަރު ޗައިނާއިން ފެނުނު 2019-އެންސީއޯވީގެ ނަމުން ނަންދީފައިވާ ވައިރަސްއަކީ މީގެ ކުރިން އިންސާނެއްގެ ހަށިގަނޑުން ފެނިފައިވާ ނުވާ ވައިރަސްއެއްކަމަށްވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. އަދި މި ވައިރަސްއާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހޯދިފައިނުވި ނަމަވެސް، އެ ވައިރަސްއަކީ ގައިން ގަޔަށް އަރާ ވައިރަސްއެއްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: