ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުންނަނީ ކުރީގެ ދެ ރައީސުން (ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދު) ވެސް ހުރި ތަނުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ކުރިއަށްގެންދިޔަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކައަކަށް ރައްދުދެއްވަމުން، ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ހާލަތާއި ގުޅޭގޮތުން ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.
އެއާ ވިދިގެން، އެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަހައްޓާފައިހުރި ތަނުގައި ކަމަށެވެ. އަދި އެތަނަށް ރައީސް ޔާމީން ލާފައިވަނީވެސް އެތަން އިތުރަށް މަރާމާތު ކުރުމަށް ފަހު ކަމަށް ވެސް އިމްރާންގެ ޓްވީޓްގައި ވިދާޅުވިއެވެ..
https://twitter.com/ShimranAb/status/1221319837055700992?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fcnm.mv%2Fnews%2F4397
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ


