ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ ޓްވީޓުން ޖަލުގައި ރައީސް ޔާމީނާއި މެދު ތަފާތު ކުރުން އޮންނަކަން ހާމަވޭ: ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގެ އަމަލުތައް ބައްޓަން ކުރެވިފައި ހުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ގެއްލުން ދިނުމަށްކަން ހާމަވަމުންދާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެވެ. ޝަހީމް ވަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވާ ރައީސް ޔާމީނަށްއޮތް ދާއީދު އިތުރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދިފާއު ކުރެއްވުމަށް ޝަހީމް ގިނަ ވާހަކަތަކެއްވެސް ދައްކަވާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މާނީ ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންނަށް އަސާސީ ހައްގުތަކެއް ފޯރުކޮށް ނުދޭކަމަށް ބުނެ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކެއުމުގެ އިންތިޒާމާއި، އަދި ޒަރޫރީ ބައެއް ބޭނުންތައް ފުއްދުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ރައީސް ޔާމީނަށް ”ޖެއްސުން“ ކުރާކަމަށް އިދިކޮޅުން ގަބޫލު ކުރެއެވެ. އެގޮތުން ހުކުމް ތަންފީޒު ކުރަން ފެށި ހިސާބުން މިއަދާއި ހަމައަށް އަބަދު އެކައްޗެއް ކާން ދޭ ވާހަކައާއި، ކާތަކެތީގެ ރޯނުފިލުވާ ހުރުން ހިމެނޭކަމަށް ތުހުމަތު ކުރެއެވެ. މި ވާހަކަތައް އަނެއްކާވެސް ގަދަވެގެން މިއައީ ރައީސް ޔާމީނައި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ހިއްސާކުރެއްވި ވާހަކަތައް ކަމަށް ބުނެ ޕީޕީއެމް، ޕީއެންސީ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މޫނުގައި ބިހިތަކެއް ގިނަވެފައިވާކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ތުނބުޅި ބާލަންޖެހެނީ އެހެން މީހުން ބޭނުންކޮށްފައި ހުންނަ ތިލައިން ކަމަށް ވިދާޅުވެފައެވެ. އަދި ލޯޝަން، ސެންޓު ފަދަ ތަކެތި އާއިލާއިން ފޮނުވި ނަމަވެސް ރައީސް ޔާމީނާއި އެތަކެތި ހަވާލުކޮށްފައި ނުވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތު ބަޔާން ކޮށްދިނުމަށް މިނިސްޓަރު އިމްރާން ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

އެ ޓްވީޓްގައި އިމްރާން ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދާއި، ރައީސް މައުމޫން ”ނުހައްގު“ ން ބަންދު ކޮށްފައި ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެ ތަނުގައި ކަމަށެވެ. އިމްރާންގެ ޓްވީޓްގައި މައުމޫނާއި، ނަޝީދަށް މުހާތަބު ކުރެއްވީ ރައީސްގެ ނަންފުޅު ކުރިއަށް ލައްވައިގެނެވެ. ނަމަވެސް ރައީސް ޔާމީނަށް މުހާތަބު ކުރެއްވުމުގައި ރައީސް މި ލަފުޒު ބޭނުން ކުރައްވާފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން ޓްވީޓު ކުރައްވާ ޑރ. ޝަހީމް ވިާލުވީ ރައީސް ޔާމީނަކީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ރައީސްއެއް ކަމަށެވެ. އެހެން ނަމަވެސް ޓްވީޓުގައި ދެ ރައީސުންގެ ނަމުގެ ކުރިޔަށް ”ރައީސް“ ލުމަށްފަހު ރައީސް ޔާމީންގެ ނަންފުޅު ”ރައީސް“ ކަނޑާލީ ކީއްވެގެންތޯ ޑރ. ޝަހީމް ސުވާލު ކުރެއްވިއެވެ. ޝަހީމް ވިދާޅުވީ އިމްރާންގެ ޓްވީޓްގައި ތިން ރައީސުންނާއި މުހާތަބު ކުރިގޮތު ންވެސް ޖަލުގައި ތަފާތު ކުރުން އޮތް މިންވަރު ހާމަވާ ކަމަށެވެ.

ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި، ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންވާން ޖެހޭ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: