ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރު ނަސީރު މާރިއާއަށް: ތިކުރައްވަނީ ޤައުމަށް މަލާމާތް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލައަށް ހެލިކޮޕްޓަރު ހިންގޭނެ މުއްސަނދިކަން ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމަކީ ގައުމަށް ކުރެއްވި ވަރަށް ބޮޑު މަލާމާތެއް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި އަސްކަރިއްޔާގައި ވެސް ޚިދުމަތް ކުރެއްވި އުމަރު ނަސީރު ވިދާޅުވީ ދިވެހި ސިފައިން މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދުއްވާ އެ ތަކެތި ބެލެހެއްޓި ކަމަށެވެ.

އުމަރުގެ ފޭސްބުކް ޕޭޖަށް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި މަތިންދާ ބޯޓް ދުއްވާ ސެކްޝަންގެ ނަމުގައި އެއާ ވިންގެއް އޮތް ކަމަށެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ކޮލި އަލިމަނިކުގެ މޭސްތިރި ކަމުގެ ދަށުން ކުދި މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދައުލަތަށް ބައްލަވައިގަނެފައިވާ ކަމަށެވެ.

އެގޮތުން އެތަކެތި ގަތުމަށްފަހު އެ ބަލަހައްޓާ، ދުއްވުމަށްޓަކައި ދިވެހި ސިފައިން ތަމްރީން ކުރުމަށް ސްރީލަންކާގެ ރިޓަޔާޑް ޕައިލެޓުން ރާއްޖެ ގެނެސް ދިވެހި ސިފައިން ތަމްރީން ކުރި ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހި ސިފައިން ތަމްރީނު ކުރުމަށްފަހު އެންއެސްއެސްގެ އެއާ ވިންގްއެއް އުފައްދާ ދިވެހި ޕައިލެޓުންނާ އިންޖިނިއަރުންގެ އެހީތެރިކަމުގައި ދިވެހި ސިފައިން ހެލްކޮޕްޓަރާއި، އެއާ ކްރާފްޓް ދުއްވަމުންދިޔަ ކަމަށެވެ.

އޭގެ ފަހުން 1992 ވަނަ އަހަރު އެއާ މޯލްޑިވްސްގެ ދަށައް މި އުޅަނދުތަކާއި، ޕައިލެޓުން އަދި އިންޖިނިއަރުން ބަދަލު ކުރި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕޭން އޮޕަރޭޝަން ހިނގާ ގައުމަށް އަމިއްލަ ސިފައިންނަށް ހެލްކޮޕްޓަރު ނުދުއްވޭނެ ކަމަށް ވިދާޅުވުމަކީ މި ގައުމަށް ކުރެވޭ މަލާމާތެއް ކަމަށާއި ލޭ ގައި ގައުމީ ވިންދު ނުޖަހާނަމަ ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް އުމަރު ވަނީ ގޮވާލައްވާފައެވެ.

ދެގައުމުގެ މެދުގައި ވެވުނު އެއްބަސް ވުމެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. މި ދެ ހެލިކޮޕްޓަރު ބަހަލައްޓާ ދުއްވާ ހަދަނީ އިންޑިއާގެ ސިފައިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: