ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި!

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު، ކަރެކްޝަންސްގެ އޮފިސަރުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (ކަރެކްޝަންސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 ގެ ހުށަހެޅުންތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އަމަލީ ގޮތުން ތަންފީޒުކުރުމަށާއި، ތަންފީޒުކުރެވޭ މިންވަރު ބެލެހެއްޓުމަށް ޚާއްސަ ކޮމިޓީއެއް ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅު އެކުލަވާލައްވައިފި އެވެ.

ކަރެކްޝަންސް އިން ބުނީ އަލަށް އެކުލަވާލި ކޮމިޓީގެ މެންބަރުންނާއި، އަޙުމަދު މުޙައްމަދުފުޅު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން އަޙުމަދު މުޙައްމަދުފުޅު ވަނީ ހުށަހެޅުންތައް ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތައް ޚާއްސަ އިސްކަމެއް ދެއްވާއިގެން ކޮއްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުﷲ މުނާޒް އެ މަޤާމުން ވަކިކުރައްވައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށް، އަޙްމަދު މުޙައްމަދުފުޅު ރައީސް ޞާލިޙް އައްޔަންކުރެއްވީ މި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި އަޙުމަދު މުޙައްމަދުފުޅު ވަނީ މި މުހިންމު ދަނޑިވަޅުގައި ސީޕީގެ މަޤާމަށް އައްޔަންކުރައްވައި އެމަސްއޫލިއްޔައްތު އަދާކުރާނެކަމުގެ އިތުބާރު އޭނާއަށް ކުރެއްވީތީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޖަލުތައް އިޞްލާޙުކުރުމާއި އެމްސީއެސް ހަރުދަނާކުރުމުގެ މުހިންމު މަސައްކަތް، ކުރެއްވުނު އެންމެ ރަނގަޅަކަށް ކުރައްވާނެކަމުގެ ޔަޤީންކަން އާންމުންނާއި ސަރުކާރަށް އަރުވާ ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: