ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުން އަދީބާއި ބައްދަލުކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އޮފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރު) ގެ ވަފުދުން އަދީބުއާއި ބައްދަލުކުރައްވާފައިވަނީ އިއްޔެ އެވެ.

އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އިން ކުރި ޓްވީޓެއްގައި ބުނީ އަދީބާއި އެ ބައްދަލުވުމުގައި އަދީބުގެ މައްޗަށް މިހާރު ޝަރީއަތުގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ހަމައެހެންމެ ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ގުޅޭ ގޮތުންނާއި ރާއްޖޭގައި އަމަލުކުރަމުންދާ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އެމްޓީޑީން ބުނެއެވެ.

މި ބައްދަލުވުމުގައި އަދީބު ވަނީ އެމްޓީޑީގެ މަސައްކަތާއި އަސާސްތަކުގެ މައުލޫމާތު ވަފްދުގެ ބައިވެރިންނަށް ފޯރުކޮށްދީ، އެޕާޓީއަކީ ހުރިހާ ބާވަތެއްގެ ހަރުކަށިކަމާއި ރުޅިވެރިކަމާއި ދެކޮޅު ޕާޓީއެއްކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޭގެފަހުން ވެސް އަދީބުގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

މި ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: