މާލޭގެ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން އިއްޔެ ވެއްޓުނު މީހާއަށް މިވަގުތު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި އިމާރާތަކުން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ އިއްޔެ އިރުއޮއްސި 18:20 ހާއިރު އެވެ.
ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ.
އެމީހާ ވެއްޓިފައި ވަނީ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.
ވެއްޓިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ހާލު ސީރިއަސްވެ މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

