ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސާގެ ސުވާލު އެމްޑީޕީއަށް: ”މިއީ ހަމައެކަނި ލީޑަރުންގެ ޕާޓީއެއްތަ“؟

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އާއްމު މެމްބަރުންގެވެސް ޕާޓީއެއްތޯ ނުވަތަ ހަމައެކަނި ލީޑަރުންގެ ޕާޓީއެއްތޯ ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

މޫސަ މި ސުވާލު އުފައްދަވާފައިވަނީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތާއި ލީޑަރުންގެ އަމަލުތަކަށް ފާޑުވިދާޅުވަމުންނެވެ.

މޫސާ މަނިކު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއްމު މެމްބަރުންގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ވެރިންގެ މެދުގައި އުފެދުނު ކޯޅުމުގެ ސަބަބުން މެމްބަރުންގެ ހިތުގައި ޖައްސާފައިވާ ކަމަށެވެ. އަދި ލީޑަރުންގެ އެ އަމަލުތަކުގެ ސަބަބުން މުޅި މަންޒަރު ހަޑިވެފައިވާ ކަމަށާއި، ލީޑަރުންނަށް އެއްބަސްވެވިއްޖެ ކަމަށް ބުނާއިރު އެކަމުގެ ސަބަބުން އެތައް ބަޔަކު މާޔޫސްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޫސަ ވަނީ ޕާޓީގެ ހިންގުމާ މެދު ސީދާ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

”މީ ލީޑަރުންގެ ޕާޓީއެއްތޯ؟ އާއްމު މެމްބަރުންގެ ކުރިމަތީ ލީޑަރުން ހޭވި ހަޑިއަށް މާފަށް އެދޭނެބާ؟ އިންތިޚާބަކާ ނުލާ ކޮންމެ ރިޔާސީ ކެނޑިޑޭޓަކަށް ޕާޓީ ހިންގުމުގެ ބާރު ދެނީބާ؟“ މޫސަ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން، ލީޑަރުންނަކީ އަބަދު ގޮތް ނިންމާ ބަޔަކަށް ވެފައި، އާއްމު މެމްބަރުންނަކީ އެއްދުވަހު ކަރުނަ އަޅާފައި އަނެއްދުވަހު ލީޑަރުންގެ ކަރުގައި މާފަތި އަޅުވާ ބަޔަކަށް ތިބެންވީތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. މޫސަ ވިދާޅުވީ ލީޑަރުން އެއްބަސްވި ކަމަށް ގަބޫލު ކުރެވޭނީ ހުދުމުހުތާރު އާއިލީ ވެރިކަމުން އެމްޑީޕީ ސަލާމަތްކޮށް، ކުރިން ގައުމުގައި ވެރިކަން ކޮށްފައިވާ މީހަކު ދެވަނަ އިންތިހާބެއްގައި ބަލިވެފައި ހުރިނަމަ، ދެން އެމްޑީޕީ ޓިކެޓުގައި ވާދަނުކުރާނެ ކަމަށް އިއުލާނު ކުރުމުން ކަމަށެވެ.

އެމްޑީޕީގެ އިސް ލީޑަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ކަންބޮޑުވުން އޮތްކަން މޫސަގެ މި ވާހަކަތަކުން ހާމަވެއެވެ. ޚާއްޞަކޮށް ޕާޓީގެ ލީޑަޝިޕުން ނިންމާ ނިންމުންތަކުގައި އާންމު މެމްބަރުންގެ ބައިވެރިވުން އޮންނަންޖެހޭ މިންވަރާ މެދު ވަނީ ބަހުސް އުފެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: