ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ހިންގަން ކޮމިޓީއެއް، ނަޝީދު އެމްޑީޕީ އެޑްވައިޒަރަކަށް ހަމަޖައްސައި ގައުމީ މަޖިލީހަށް!

އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މައްސަލައަށް ހަލެއް ހޯދުމަށް ކުރި މަޝްވަރާތަކަށް ފަހު، ޕާޓީގެ ހިންގުމާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެނެސް ނިންމުންތަކުގައި ޗެއާޕާސަނަށް ލަފާދޭނެ ފަސް ލީޑަރުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވެއްޖެ އެވެ.

ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވަނިކޮށް، ޕާޓީގެ ހުރިހާ ލީޑަރުން ގުޅިގެން ކުރި މަސައްކަތުން މިހާރު މައްސަލަތަކަށް ހައްލެއް ލިބިފައިވާކަމަށް ހާމަކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ރޭ ބެއްވި ޖަލްސާއެއްގަ އެވެ.

މި މަޝްވަރާތަކަށް ފަހު އެކުލަވާލި ކޮމިޓީގައި ހިމެނެނީ، ރައީސް ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ވަގުތީ ޗެއާޕާސަން އަބްދުލްފޫރު މޫސާ (ގަޕޯ) އެވެ. ދެވަނަ އެއްބަސްވުމަކީ ރައީސް ނަޝީދަކީ ވެސް ޕާޓީގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސައި، ގައުމީ މަޖިލީހުގެ މެމްބަރުކަމަށް ފުރުސަތު ދިނުމެވެ.

މި އެއްބަސްވުންތަކާއި ގުޅޭ ނިންމުންތަކަށް، އެމްޑީޕީގެ ކުއްލި ގައުމީ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. މިރޭ 21:00 ގައި މި ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަ އެންމެ ފުރަތަމަ ހޫނުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ވަނިކޮށް ފަހުވަގުތު އެޖެންޑާއަށް ބަދަލު ގެނައުމުންނެވެ. އެ މައްސަލައިގައި ދެބޭފުޅުން ވެސް ޖަލްސާއަށް ވަޑައިނުގެން، ޖަލްސާ ބޮއިކޮޓު ކުރެއްވި އެވެ. އެއާއެކު، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިއިރު، މިދިޔަ ބުދަ ދުވަހު ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މެންބަރުންގެ ސޮޔާއެކު ވެސް ހުށަހެޅި އެވެ.

ނަމަވެސް، ލީޑަރުންގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށް، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: