ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި

ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޤަވާއިދާ އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެ ހެނދުނު ވަނީ ހުޅުމާލެ ފޭސް އެކެއްގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މި އޮޕަރޭޝަނުގައި 15 ބިދޭސީން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިންވަނީ  ބިދޭސީން ޤަވާއިދަށް ފެއްތުމަށް ހިންގާ ޕްރޮގްރާމްގެ މުއްދަތުވެސް އިތުރުކޮށްފައެވެ.

މިގޮތުން ”އޮޕަރޭޝަން ކުރަނގީ“ ގެ ދަށުން ކުރިއަށްގެންދާ ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން 2 މެއި 2026 ގެ ނިޔަލަށް އިތުރުކޮށްފައިވެއެވެ. މި ފުރުސަތަކީ ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ދާހިލީ ވުޒާރާއިން ވަނީ މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތުކަން ހާމަކޮށްފައެވެ. ”މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެ،“ ކަމަށް އެ ވުޒާރާއިން މީގެ ކުރިން އިއިލާނުކޮށޤފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައިވަނީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި 3 މެއި 2026 ގައި ފެށޭނެ ކަމަށެވެ. އެ ފިޔަވަހީގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރެވޭނެ ކަމަށާއި، ތިން އަހަރުގެ މި އޮޕަރޭޝަން ނިމުމާއެކު 2 މެއި 2027 ގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: