ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއަކަށް

ވޯޓުނެގުމުގެ ތެރެއިން (މީދޫ) ފޮޓޯ: އިލއކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް މީހުން އިންތިޙާބުކުރުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އީސީން ހާމަކުރި ގޮތުގައި މި އިންތިޙާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 16:00 އަށެވެ. އަދި ޖެހިގެން އޮންނަ ދުވަހު ރަސްމީ ނަތީޖާ އިއުލާން ކުރާނެކަމަށްވެސް އީސީންވަނީ ބުނެފައެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބަކީ ކައުންސިލް އިންތިޙާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް އިންތިޙާބުކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފަވެއެވެ. މިގޮތުން ނިމިދިޔަ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިފައިވާކަން ފާހަގަކޮށް އިލެކްޝަނުންވަނީ މީގެ ތެރެއިން 215،376 މީހަކު ފަރުދީ ޒިންމާ އަދާކޮށް ވޯޓުލާފައިވާކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: