ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓާއި ގުޅުންހުރި ތިން ޚިދުމަތެއް އިމުގާ ޕޯޓަލްއަށް ބަދަލުކޮށްފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޕާސްޕޯޓާއި ގުޅުންހުރި ތިން ޚިދުމަތެއް މިހާރު މުޅިން އަލަށް އިމުގާ ޕޯޓަލްއަށް ބަދަލުކޮށްފިއެވެ.

އެއީ ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ހުށައެޅުމާއި، ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުންކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވަނި ހާމަކޮށްފައެވެ.

ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ބޭނުންނަމަ މީގެކުރިން ޖެހެނީ އެކަމަށް އެދި ސިޓީއެއް ފޮނުވާށެވެ. އެހެންނަމަވެސް މިހާރު އިމުގާ ޕޯޓަލްއިން ދިވެހި ޕާސްޕޯޓާއި ބެހޭ ބައިން އިތުރު ޚިދުމަތްތަކުގެ ބައިން އެކަމަށް އެދެވޭ ގޮތަށް ވަނީ ބަދަލު ކުރެވިފައެވެ.

ޕާސްޕޯޓް ކޮޕީއަށް އެދި މީގެ ކުރިން ހުށައަޅަން ޖެހެނީއީމެއިލް މެދުވެރިކޮށްނަމަވެސް މިހާރު އިމުގާ ޕޯޓަލްގެ އެޕްލިކޭޝަން އިން އެ ހިދުމަތަށް އެދެވޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ހަމަ އެއާއި އެކު މިހާރު، ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ވެސް ފަސޭހަކަމާއިއެކު ހޯދުމަށް އިމުގާ ޕޯޓަލްއިން އެދެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ

މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުންއޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި އޮންލައިން ޕޯޓަލް ”އިމުގާ“ އިފްތިތާހްކޮށްފައިވަނީ2020 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: