ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިޔުއެސްއީގެ އެމްޑީކަމުން މަތީން އިސްތިއުފާ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިޔުއެސްއީގެ އެމްޑީގެ މަގާމުން އަބްދުލް މަތީން އިސްތިއުފާ ދެއްވައިފިއެވެ.

މަތީން މިކަން ހާމަކުރެއްވީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. މަތީން އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2023 ގެ ނޮވެމްބަރު 28 ގައެވެ.

ދާދިފަހުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދޭން ފަށާފައެވެ. އަދި ބައެއް މަގާމުތަކުން މީހުން ވަނީ ވަކިވެސް ކޮށްފައެވެ. އެގޮތުން އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މިދިޔަ ދެ ހަފުތާގެ ތެރޭ ފެނަކައާއި، އެމްޕީއެލްގެ ވެރިން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ފެނަކައާއި، އެޗްޑީސީގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

މަގާމުތަކުން ބޭފުޅުން އިސްތިއުފާދީ އަދި ވަކިކުރާ ސަބަބެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: