ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ އަންހެން ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ހަމަލާ ދިނުމުން އަނިޔާވެ ޓީޗަރަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 11:46 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ޓީޗަރަށް ރަށުގެ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެެ.

އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުން އަންނަކަމަށް ބުނި ނަމަވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ޓީޗަރަށް ދަރިވަރަކު ހަމަލާދިނީ ކޮމްޕިއުޓަރު ކްލާހެއްގައި އިނދެ އެކުއްޖާ ގޭމު ކުޅެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެންގުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: