ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފް ޚިޔާނާތުގެ މައްސަލައިގައި އަށްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފް ޚިޔާނާތުގެ މައްސަލައިގައި ދަޢުވާ ލިބޭ އަޙްމަދު މޫސާ މުޙައްމަދު (އަށްމަޓީ) ގެ މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓުން އޭނާ ސަލާމަތްވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

މި މައްސަލައަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ފުރިހަމަނުކޮށް ގިނަ ބައެއްގެ އަތުން މަކަރާއި ޙީލަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް އުފުލާފައިވަނީ 30 މޭ 2021 ގައެވެ.

ޕީޖީގެ އިސްތިއުނާފު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެދިފައިވަނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ. އަދި މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް ޕީޖީން ވަނީ އެދިފައެވެ.

ކްރިމިނަލް ކޯޓުން ކުރިން ކުރި ޙުކުމުގައި ބުނެފައިވަނީ އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުނުވާ ކަމަށެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ މިއީ މަދަނީ ޠަބީޢަތުގެ މައްސަލަތަކެއް ކަމަށާއި، މިކަމުގައި ފިޔަވަޅު އަޅަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ދައުލަތުގެ ކަންބޮޑުވުން

ނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ، މި ދަޢުވާތަކަކީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުގައި ޚިޔާނާތުގެ ކުށް ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނުބައި މާނަކުރުމެއް ދީގެން ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މައްސަލައިގެ ބާވަތުންނާއި، އޭނާ ފިލައިގެން ދިއުމުގެ ފުރުޞަތު އޮތްކަމަށް ބަލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: