ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ތާމަލް ކެމެރާތަކެއް ރާއްޖެ ގެނެސްފި!

މިނިސްޓަރ އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާއަށް ސްކްރީން ކުރުމަށް ބޭނުންކުރަން، އިތުރު ތާމަލް ކެމެރާތަކެއް ގެނެސްފައިވާ ކަމަށާއި އަދި އިތުރަށްވެސް ކެމެރާތައްވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި،  މިނިސްޓަރު މިއަދު ވިދާޅުވީ،  ތާމަލް ކެމެރާގެ ތިން ޝިޕްމަންޓެއް މިހާރު ރާއްޖެ ގެނެވި އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ހަތް ކެމެރާ ޝިޕްމަންޓް މި ހަފްތާތެރޭ އަންނާނެ ކަމަށާއި އެތަކެއްޗާ އެކު ހާއްސަ އެކްސްޕާޓުން ވެސް ދިވެހިންނަށް ތަމްރީން ދޭން ގެންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެ އިތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށާއި ރައްޔިތުން ކަނބޮޑުވެނުލެއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންާއި ފަތުރުވެރިންގެ ރައްކާތެރި ކަމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

އެކިކަންކޮޅޮތަކުގައި، ހާއްސަކޮށް ޗައިނާގެ ވުހާންގައި ކޮރޯނާ ވައިރަސް ބާރު ސްޕިދުގައި ފާއިތުވި ދުވަސްތަކުގެ ފެތުރެމުންދިޔައެވެ. ނަމަވެސް، މިހާރަު ވަނީ ފެތުރޭ މިންވަރު ކޮންމވެސް ވަރަކަސް ކުޑަވެފައެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: