ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން 35 އަހަރު ވަންދެން ކުރެވުނު ކަމެއް ކުރީ؛ އެއަށްފަހު ބޭނުންވީ ޒުވާނުންނަށް ފުރުސަތު ދޭން: އަސްވާޑް

ކުރީގެ ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 35 ވަންދެން ކުރެވުނު ކަމެއް ކުރީ ކަމަށާއި އެއަށް ފަހު ބޭނުންވީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ކަމަށް ޔޫތު މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވި މިނިސްޓަރ އަސްވާޑް ވިދާޅުވެއްޖެއެވެ.

ސަންގަށް ދެއްވި އިންޓަރވިއުއެއްގައި އަސްވާޑް ވިދާޅުވީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށެވެ. ޔޫތު މިނިސްޓަރ ކަމަށް އަސްވާޑް ހަވާލުވީ އިރު އޭރު އުމުރުފުޅުން 31 އަހަރުކަމަށާއި އޭރު ހުންނެވީ ޒުވާނެއްގެ ގޮތުގައި ކަމަށެވެ.

”ގިނަ މީހުނާއި ދައްކަމުން އައިވާހަކައެއް އެއީ 35 އަހަރު ވަންދެން ކުރެވުނު ކަމެކޭ ކުރާނީ، އެއަށް ފަހު ޒުވާނަކަށް ފުރުސަތު ދޭން ބޭނުންވެއޭ. މިއަދު 35 ޕްލަސް“

އަސްވާޑް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި މީގެން ޒުވާނުންނަށް ސިޔާސީ ގޮތުންވެސް ފުރުސަތުތައް ފަހިވެ ހުޅުވިގެން ދާނެއެވެ. ސިޔާސީ ކަންކަމަަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދެއްވުން ވަނީ އިތުރުވެފައެވެ. އެގޮތުން ދާދި ފަހުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބޭފުޅަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސެއިން ފަހުމީ ވަނީ އައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސް ބައެއް ވެރިންވެސް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފައެވެ. ހަމައެއާއެކު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކަށާއި ކުންފުނިތަކުގެ ހިންގުމަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، މި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ތަފްސީލީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: