ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޝާން އަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް!

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަދި ދަރުމަވެރިޔާ އަހްމަދު ހިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަދި  އަހްމަދު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މީސް މިޑިއާގައި ގިނަ ބަޔަކު ދަނީ ހިޝާން އަކީ ޖިންސީ ގޯނާ ކުރާ މީހެއްގެ ގޮތުގައި ތުހުމަތުކޮށް ވަހަކަތަކެއް ހިއްސާކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި، ހިޝާން ޖިންސީ ގޯނާ ކުރަނީ، އޭނާ އެހީވާ ފިރިހެން ކުދިންނަށެވެ. ބައެއް މީހުން ވަނީ އެ މީހުންނަށް ދިމާވި ބައެއް ކަންކަން ވެސް، މީސް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި ހިޝާންއާ ދެކޮޅަށް ބައެއް މީހުން ބަޔާން ވެސް ދީފައިވާ ކަމަށްވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހިޝާންގެ މައްސަލައެއް ބަލަމުންދާ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

ބިރު ދެއްކުމާއި މަރުގެ އިންޒާރުތައް ކުރިމަތިވަމުންދާ ކަމަށް ބުނެ ހިޝާން މީގެ ތިން ދުވަސް ކުރިން ކުރި ޓްވީޓާ އެކު، އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދި، އޭނާގެ ދިފާއުގައި ވެސް އެތައް ބަޔަކު ހިޔާލު ފާޅުކުރި އެވެ.

އެއާއެކު، ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ސްރީލަންކާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރައި ހުއްޓާ ފުލުހުން ގޮސް އޭނާ ފްލައިޓުން ބާލުވާފައިވާ ކަމަށް ވެސް މީސް މީޑިއާގައި އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް، އެކަމާ ގުޅިގެން ވެސް ރަސްމީ ފަރާތަކުން ބަހެއް ނުބުނެއެވެ.

އެހެން ނަމަވެސް، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަން ފުލުހުން ކަސަވަރުކޮށްދެއެވެ.

ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގުކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: