ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން އުޅެނީ ރާއްޖޭގެ އިސްލާމީ އަޤިދާ ބަލިކަށިކުރަން: ޝަހީމް

ޑރ. ޝަހީމް ޢަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރާއްޖޭގެ އިސްލާމީ އަގީދާއަށް ލޮޅުން އަރުވާލައި ބަލިކަށިކުރަން އުޅޭ ކަމަށް  ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، ”ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަނީ“ ކަމަށް ބުނެ މީޑިއާއަކުން ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވީޓްކުރައްވަމުންނެވެ.

މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ގުރުއާނުން ފާސްނުވުމުން ދަރިވަރުންނަށް އެސްއެސްސީ ގުރުއާން އިމްތިހާނުގައި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނުބޭއްވުމަށް އެދި ބައެއް ފަރާތްތަކުން ބެލެނިވެރިންލައްވައި ޕެޓިޝަނެއްގައި ސޮއިކުރަމުންދާކަން ވަނީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި ޕެޓިޝަނުގައި ސޮއިކުރަމުންދަނީ މިނިސްޓްރީއަށް އެނގިގެންނެވެ.

ސަންގު ޓީވީ އަށް ލިބިފައިވާ ޕެޓިޝަނުގެ ކޮޕީއެއްގައި ވަނީ މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންގެ ސްޓްރީމްތައް ކަނޑައެޅިއިރު، ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން ހިމަނާފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.

ދަރިވަރުންނާއި ޓީޗަރުން ތައްޔާރުނުކޮށް ކުއްލިއަކަށް ގުރުއާނުން ގައުމީފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

https://twitter.com/Mohamedshaheem1/status/1223905555879690241

ސަންގު ޓީވީ އަށް ލިބިފައިވާ ޕެޓިޝަނުގެ ކޮޕީއެއްގައި ވަނީ މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންގެ ސްޓްރީމްތައް ކަނޑައެޅިއިރު، ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން ހިމަނާފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.

ދަރިވަރުންނާއި ޓީޗަރުން ތައްޔާރުނުކޮށް ކުއްލިއަކަށް ގުރުއާނުން ގައުމީފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: