ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެންފި

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އެތެރެކުރާ ތެލުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ މުހިންމު މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންފިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަންގާރަ ދުވަހު ލަވްރޯވް ބެއިޖިންއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅަކީ ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ބެއިޖިންއާއި މޮސްކޯއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް ވެސް ދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. އީރާނަކީ ޗައިނާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ އެއް ގައުމެވެ.

ޗައިނާ ސަރުކާރުން ވަނީ އީރާނުގެ ބަނދަރުތަކަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް، އަދި ޚަލީޖާއި އޮމާން ކަނޑަށް ވަދެ ނިކުމެވާ އުޅަނދުފަހަރު ހުއްޓުވުމަށް އެމެރިކާއިން އެކުލަވާލި އާ ރޭވުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ހޯމަ ދުވަހު ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅިއަކީ މުދަލާއި ހަކަތަ އުފުލުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ވިޔަފާރި މަގު ކަމަށެވެ.

”އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކޮށް، ދަތުރުފަތުރުގެ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިއަށްދިއުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް،“ ތަރުޖަމާނު ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގައި ރަޝިޔާއާއި ޗައިނާއިން ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރި މަގުތައް ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމަކީ ދުނިޔޭގެ ބާރުގަދަ ދެ ގައުމުން މަސްރަހު ފިނިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: