ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުންވެސް ސިއްރު

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް އަހަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްއެވެ.

6 މެއި 2021 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރާކޮށްލަން ދިން ހަމާލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

މި އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކެކެވެ. އެކަމަކު، މިފަހުން މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ދައުލަތުން އެދެމުންދަނީ، މައްސަލައިގެ ބާވަތުން ބައެއް މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްޓަކައި ހާމަކުރެވެން ނެތް މައުލޫމާތުތަކަށްވާތީ އެވެ.

މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައި ވާތީ ގާޒީ އާދަމް އެ މައްސަލައިން ތަނާޒުލްވި އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަންކުރީ ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.

މިހާރު ވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްއަތު ހަބީބް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: