ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް ނަސޭހަތްދީ ދޫކޮށްލާފައި އެބަހުރި: ރިޕޯޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތުވާ ބައެއް ފަރާތްތަކަށް ނަސޭހަތްދީ ދޫކޮށްލާފައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން، އެމައްސަލަތަކުގައި ތުހުމަތުވާ ބައެއް މީހުންނަށް ނަސޭހަތް ދީ މައްސަލަ ފައިލް ކޮށްފައި ހުރި ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ޖިންސީ ގޯނާގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައި ނުވާ ކަމަށްވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެއީ މުޖުތަމައުގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށް ކޮމިޓީގެ ހޯދުންތަކަށް ރިއާޔަތްކޮށް އެކުލަވާލި ރިޕޯޓްގައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވާގޮތުގައި އެކަށީގެންވާ ތަހުގީގެއް ކުރެވިފައި ނުވުމަކީ އިތުރު ކުޑަކުދިންތަކެއް ޖިންސީ ގޯނާގެ ޝިކާރައަކަށްވުމަށް ދެވޭ ފުރުސަތެއް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައިވެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ދިގުލައިގެން ގޮސްފައިވާކަމަށާއި ވޭތުވެ ދިޔަ 15 އަހަރު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 70 ޕަސެންޓް މައްސަލަތައް ނިންމަން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް ”މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް“ ގައި ކަމާއިގުޅޭ މުއައްސަސާތަކުން ހިމަނާފައިނުވާ ކަމާއި، އެކަމަކުގެ ސަބަބުން އެފަދަ މައްސަލަތައް މޮނީޓަރ ނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ހިނގަމުންދާ ގޮތް ޖެންޑަރ މިނިސްޓްރީން މޮނީޓަރ ކުރަމުންދާކަން އެނގިފައިނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: