ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން އިލެކްޓްރީޝަނުންގެ ގޮތުގައި ތަމްރީނު ކުރުމަކީ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް – މިނިސްޓަރު  

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލެކްޓްރީޝަން ކޯސް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުން އިލެކްޓްރީޝަނުންގެ ގޮތުގައި ތަމްރީނު ކުރުމަކީ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިލެކްޓްރިޝަން ލެވެލް ތިނެއްގެ ކޯސް ފަށަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުނަރުވެރިން ރާއްޖޭގައި މަދުއިރު 21 އަންހެނުން އިލެކްޓްރީޝަނުންގެ ގޮތުގައި ތަމްރީނު ކުރުމަކީ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ގައުމެއް ވެސް ކުރިއަރާނީ އަންހެނުންނާއި ފިރިހެނުން އެކީގައި މަސައްކަތް ކުރުމުން ކަމަށާއި ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސް، ކުރުކޮށް ކިޔާ ނަމަ، ސްޓެމް ދާއިރާގައި އަންހެނުންގެ ހިއްސާ ވަރަށް ކުޑަ ކަމަށެވެ.

 

”އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ރާއްޖޭގައި މިކަން ފެށިގެން އައި އެއްގޮތަކީ އަންހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތުތައް ހަނިވުން. ނަމަވެސް މިހާރު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ގިނަ ކުދިންނަކީ އަންހެން ކުދިން،“ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްކެވި ވާހަކަފުޅުފައި މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، މި ދާއިރާތަކުން އަންހެނުން އިތުރުކުރެވޭނީ، އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައިގެން ކަމަށް ވެސް ޑރ. އައިޝަތު ވިދާޅުވި އެވެ.

މި ދާއިރާތަކަށް އަންހެނުން އިތުރު ކުރުމަށް އޮތް ހުރަހަކީ، ޑރ. އައިޝަތު ވިދާޅުވި ގޮތުގައި، މިފަދަ ދާއިރާތަކުގައި އަންހެނުންނާ ރައްޓެހި މަސައްކަތު މާހައުލެއް ނެތުމެވެ.

އިލެކްޓްރީޝަން ކޯސް ކުރިއަށް ގެންދަނީ 15 ހަފްތާއަށެވެ. މި ކޯހުގައި ސްޓެލްކޯގެ އަންހެން ބައެއް މުވައްޒަފުން ވެސް ބައިވެރިވެ އެވެ.
 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: