ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ބިދޭސީއަކު ހައްޔަރު ކޮށްފި!

ދިވެހި ފުލުހުންގެ ޚިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މި މައްސަލައިގެ ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ވަނީ ކޯޓު އަމުރެއްގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޒަހަމުވި މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާއަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށްވެސް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ކަރަންކާ މަގުގައެވެ.

މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: