ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޝާނަށް ދީފައިވާ ގައުމީ އިނާމު އަތުލެވޭނީ ކުށް ސާބިތުވުން: އިނާމް ކޮމިޓީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާ ކުރުމާއި އިތުރު ސީރިޔަސް ތުހުމަތުތަކެއް ކުރެވޭ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާންއަށް ލިބިފައިވާ ގައުމީ އިނާމު އަތުލެވޭނީ އޭނާގެ މައްޗަށް ކުށެއް ސާބިތުވުމުން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފިއެވެ.

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ހިދުމަތް ކުރުމާއި ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހިޝާނަށް ދީފައި ވަނީ 2014 ވަނަ އަހަރު އެވެ.

ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަނީސާ އަހްމަދު ވިދާޅުވީ، ހިސާނަށް ޤައުމީ އިނާމު ދިން އިރު އޭނާގެ ކުށުގެ ރިކޯޑު ސާފު ކަމަށެވެ.

”ހިޝަނަށް އިނާމް ލިބިވަޑައިގެންނަވީ، އޭނާގެ އެއްވެސް ކުށުގެ ރިކޯޑް ނެތް ކަމަށް ފުލުހުންގެ ފަރާތުންވެސް ކޯޓުންވެސް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވީމަ. ކޮމިޓީން އަބަދުވެސް ބަލަން އިނާމު ދިނުމުގެ ކުރިން އެއްވެސް ބޭފުޅެއްގެ ކުށުގެ ރިކޯޑެއް އޮތްތޯ ނޫންތޯ“ އަނީސާ ވިދާޅުވި އެވެ.

އަނީސާ ވިދާޅުވީ މީހަކަށް ތުހުމަތުތަކެއް ކުރެވުނުނަމަވެސް އެކަމެއް ޝަރީއަތުން ސާބިތުނުވާ ހިދެއްގައި އެ މީހަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލުމުގެ ހައްގު ގާނޫނު އަސާސީން ދީފައިވާ ކަމަށެވެ.

ހިޝާނަށް ޤައުމީ އިނާމު ދީފައިވަނީ، ކޮމިޓީން އިނާމު ދިނުމުގައި އުސޫލު ނުވަތަ މިންގަނޑު ގޯސްވެގެން ނޫން ކަމަށް އަނީސާ ވިދާޅުވިއެވެ. އޭނާއަށް އެވޯޑް ދީފައިވަނީ ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކޮށްފައި ކަމަށް އަނީސާ ވިދާޅުވިއެވެ.

އިނާމް އެތުލުމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ލަފާއެއް އެރުވުމަށް ނިންމާފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަނީސާ ވިދާޅުވެފައި ވަނީ މައްސަލައެއްގައި ހެއްކެއް، ނުވަތަ ސާބިތުވުމެއް ނެތް ހާލަތެއްގައި މައްސަލަ ރައްދުވާ ފަރާތުގެ ކުށެއް ނެތް ކަމަށް ދެކުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

”މައްސަލަ މިހާރު ފުލުހުން ބައްލަވަމުން ގެންދަނީ. އެއްވެސް ޖިނާއީ ކުށެއް ބެލުމުގެ ފުރުސަތެއް ކޮމެޓީއަކަށް ނޯންނާނެ. އެހެން ކަމުން ފުލުހުން މައްސަލަ ބަލައި ނިންމުމުން އަޅުގަނޑުމެން އެކަމާ ވިސްނައި ރައީސް އާއި ހިއްސާކުރާނަން ކޮމެޓީ އިން ދެކޭ ގޮތް“ އަނީސާ ވިދާޅުވިއެވެ.

ގައުމީ އިނާމުގެ އިތުރުން 2014 ވަނަ އަހަރު ހިޝާނަށް ވަނީ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު ކަމުގެ މަގާމު ހިސާނަށް ދީފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިސްއެބިލިޓީ އެމްބެސެޑަރުކަން ވެސް ހިޝާނަށް ވަނީ ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: